ޚަބަރު

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ތުހުމަތުގައި މެންބަރު ޝިޔާމް ހައްޔަރު ކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މޮޓޯކޭޑަށް ހުރަސް އެޅުމަށް ރޭވުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް ހައްޔަރުކޮށްފިއެވެ.

Ads by STELCO

އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވައިލައި ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން މިރޭ، ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީ ޕީޕީއެމް އޮފީސް ކައިރިންނެވެ.

ޝިޔާމް ހައްޔަރު ކުރީ ޕީޕީއެމްގެ ރަސްމީ އޮފީސް ކައިރީގައި ހުރި ރެސްޓޯރަންޓަކުން ފައިބައި ވަޑައިގަންނަވަނިކޮށް އެތަނުންނެވެ.

ޝިޔާމް ހައްޔަރު ކުރުމުގެ ކުރިން ދިން ޤާނޫނީ އިންޒާރުގައި ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ސުލްހަވެރިކަމާއެކު އެއްވުމުގެ ޤާނޫނާ ޚިލާފަށް މާލޭގައި މުޒާހަރާކޮށް، އެ މުޒާހަރާ ލީޑްކޮށް، އަދި ޝިޔާމް ލީޑް ކުރެއްވި މުޒާހަރާގެ ބައިވެރިން ރައީސް ޞާލިޙްގެ ކޭޑަށް ހުރަސް އެޅި ކަމުގެ ކުށުގައި ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިފައި މިވަނީ މިރޭ ބޭއްވި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ނިންމާލެއްވުމަށްފަހު ރައީސް އެނބުރިވަޑައިގެންނެވި ވަގުތުއެވެ.

މިރޭގެ މުޒާހަރާގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ގިނަ ބަޔަކު ހައްޔަރުކޮށްފައިވަނީ ރައީސްގެ މޮޓޯ ކޭޑަށް ހުރަސް އަޅައިގެންނެވެ.

Ads by PNC
  1. ދަވާދު

    ތިކަންކުރަށް މާލަސް ވެއްޖެ ސިޔާމު އަދި ނުކިޔަވާހުރީ މޮޓޯ ކޭޑުގެ އަދަބުތައް ކިޔަވާދީ 10ވަރަކައް އަހަރު ވައްދެން