ޚަބަރު ސިޔާސީ

ފުރަތަމަ ބުރުން، ރައީީސް ޞާލިޙު ވެރިކަމަށް ގެންނާނަން: ސިޔާާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިހައިތަނަށް އެންމެ ޢަދުލުވެރި ވެރިކަމެއް ކުރައްވައިފައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށާއި، އެ މަނިކުފާނަށް، ފުރަތަމަ ބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެވޭނެ ކަމަށް އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު މިހެން ވިދާޅުވީ، އިއްޔެ ރައީސް ޞާލިޙާ މުލިއާ ގޭގައި ބައްދަލުކުރެއްވުމަށް ފަހު، ދެއްކެވި ވާހަކައިގައެވެ. ރައީސްއަށް ތަޢުރީފު ކުރައްވައި އޭނާ ވިދާޅުވީ އެ މަނިކުފާނަކީ ވަރަށް ހިތްތިރި ބޭފުޅެއް ކަމަށެވެ.

"އެހެންވީމާ ރައީސް އަކީ އެ ފަދަ ހިތްތިރި، ރަނގަޅަށް ރާއްވަވައިގެން މަސައްކަތްކުރެއްވި ރައީސެއް."

މީގެ އިތުރުން ސިޔާމް ވިދާޅުވީ ރިޔާސީ އިންތިޚާބު ރައީސް ޞާލިޙަށް އެއްބުރުން ކާމިޔާބުކޮށްދެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށާއި، އެ މަނިކުފާނަށް ތާއީދުކޮށް އެމްޑީޕީއާއެކު ހަދާ ކޯލިޝަން ކާމިޔާބުވެދާނެ ކަމާމެދު ޝައްކުނުކުރައްވާ ކަމަށެވެ.

ސިޔާމްގެ ވާހަކައިގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް މުޅި ދުނިޔޭގެ ހުރިހާ ޤައުމަކުން ފާހަގަކުރާ ރަނގަޅު މިސާލެއްގެ ގޮތުގައި ރާއްޖޭގެ އިޤްތިސާދު ކޮޅަށް ޖެހުމުގައި ރައީސް ޞާލިހުގެ ސަރުކާރުން ނަމޫނާ ދެއްކެވިކަން ވެސް ފާހަގަކުރެއްވިއެވެ.

ސިޔާމް ވަނީ، އޭނައަށް ފެނިވަޑައިގެންނެވި ވެރިކަންތަކުގެ ތެރެއިން، އެންމެ އަމާން ވެރިކަމެއް ކުރެއްވީ މި ސަރުކާރުން ކަމަށް ވެސް ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!