އިޤްތިސާދީ ހަރަކާާތްތައް އިތުރު ކޮށްގެން ނޫނީ އާމްދަނީ އިތުރެއް ނުކުރެވޭނެ: އަމީރު

ރާާއްޖޭގައި އިޤްތިސާދީ ހަރާކާތްތައް އިތުރު ކޮށްގެން ނޫނި ރައްޔިތުންނާއި ވިޔަފާރިތަކަށް ލިބޭ އާމްދަނީ އިތުރު ނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އަމީރު ވިދާޅުވީ، މުސާރަތައް ބޮޑުކުރުމަކީ އިންފްލޭޝަނަށް އޮތް ޙައްލުނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ އިންފްލޭޝަން މައްޗަށްދާ މައިގަނޑު އެއް ސަބަބު ކަމަށެވެ.
"އަޅުގަނޑުމެން އިންފްލޭޝަން މަތިވާ މިންވަރަކުން މުސާރަ އިތުރުކުރުމަކީ އެންމެ ރަނގަޅުގޮތެއް ނޫން. ޑިމާންޑް-ޕުލް އިންފްލޭޝަނަކަށް އަންނާނީ. މުސާރަތަށް ބޮޑުވާވަރަކަށް ޕަރޗޭޒިން-ޕަވަރ ބޮޑުވާނެ. އޭރުން އޭގެ ޑިމާންޑް އިތުރަށް ކްރިއޭޓްވާނީ." އަމީރު މިއަދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކުރަށްވަމުން އަމީރު ވިދާޅުވީ އިގްތިސާދީ ހަރާކަތްތައް އިތުރުވެގެންދިއުމާއި ރައްޔިތުންނަށް ލިބިގެންދާ މަންފާތައް އިތުރުވެގެންދިއުމާއި ގުޅިފައިވާކަމަށެވެ.
އެހެންކަމުން ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަނދަރު އެޅުމާއި އެއަރޕޯޓު ބިނާ ކުރުންފަދަ އިންފްރާސްޓަކްޗަރގެ ގިނަ މަސައްކަތްތަކެއް ހިންގަމުންކަމަށް އަމީރުވިދާޅުވިއެވެ.