Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އީދު ހެދުން ގަނެގެން އައި ފަލަސްތީނުގެ 9އަހަރުގެ ކުއްޖަކު ޝަހީދު ކޮށްލައިފި

އީދު ހެދުން ގަނެގެން އައި ފަލަސްތީނުގެ 9އަހަރުގެ ކުއްޖަކު ޝަހީދު ކޮށްލައިފި

މަންމައާއެކީ އީދު ހެދުން ގަނެގެން ގެއަށް ދަނިކޮށް ، އިޒްރޭލްގެ ސިފައިން ފަލަސްތީންގެ 9 އަހަރުގެ އަންހެން ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.

ބޭރުގެ ޚަބަރުތައް ބުނާ ގޮތުގައި އިޒްރޭލުން މިހާރު ދޭ ލާއިންސާނީ ހަމަލާތަކުގައި އެ ކުއްޖާ ޝަހީދުވި އިރު ހެދުން ލާފައި އޮތް ކޮތަޅު ވެސް އެ ކުއްޖާގެ އަތުގައި އޮތެވެ.

ފަލަސްތީންގެ ޚަބަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި ކުދީންނަށް އީދު ހަދިޔާ ބަހަން އުޅުނު މީހެއް ވެސް އިޒްރޭލްގެ ރަހުމް ކުޑަ ސިފައިން ވަނީ ޝަހީދު ކޮށްލައިފައެވެ.

Advertisement
HDC — Sidebar (box)

އިޒްރޭލުން މިހާރު ޣާޒާއަށް ދޭ ހަމަލާތަކުގައި އިއްޔެ އެކަނި 20 މީހަކު ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި ކުޑަކުދީން ވެސް ހިމެނެއެވެ. މީގެ އިތުރުން 65 މީހަކަށް އިއްޔެގެ ހަމަލާތަކުގައި ޒަހަމް ވެފައި ވެއެވެ.

އިޒްރޭލުން ދޭ ހަމަލާތަކުގެ ބަދަލުގައި ޣާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ވެސް ވަނީ ހަމަލާ ބަދަލު ކޮށްފައެވެ.

ޔަހޫދީ އިޒްރޭލުންގެ އަނިޔާގެ ޝިކާރައިގައި އަބަދުވެސް ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކަށް ޒަހަމް ލިބެއެވެ. އަދި މިފަދަ ހަމަލާތައް އެންމެ ބޮޑަށް އަމާޒު ވަނީ މުސްލިމުންގެ ހުރުމަތްތެރިވެގެންވާ މައްސަރުތަކުގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް