ޚަބަރު އިޖުތިމާޢީ

ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

1444ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި 01 ރަމަޟާން 1444 (23 މާރިޗު 2023) ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1444 (18 އޭޕްރިލް 2023) ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނަމުންދާނެއެވެ.

މިގޮތުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް 26 މާރިޗް 2023 އިން ފެށިގެން މިނިސްޓްރީގެ ހޯލްގައި ޒަކާތް ބަލައިގަންނާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ޒަކާތް ބަލައިގަންނާނީ ރަސްމީ ކޮންމެ  ދުވަހެއްގެ ހެނދުނު 10:00 އިން 13:00އަށް ކަމަށްވާއިރު ކައުންސިލްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނީ 04 ރަމަޟާން 1444ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 144 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފިޠުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާކަމަށާއި މިގޮތުން ދިރާގުގެ ދިރާގުޕޭ، ދިރާގު އަދި އުރީދޫގެ އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އުރީދޫ ސެލްފްކެއަރ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިންޓަރނެޓް ބޭންކިންގ،  ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. އަދި  ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!