ޚަބަރު ސިޔާސީ

އާޒިމްވެސް ޤަާސިމް ދޫކޮށް ރައީސް ޞާލިޙު ފަޅިއަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯގެ މަޤާމުގައި ހުންނެވި އާދަމް އާޒިމް، ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަމުގެ މަގާމުން އިސްތިއުފާދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއިދުކުރައްވާކަން ހާމަކުރައްވައިފިއެވެ.

އާޒިމް މިއަދު ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ޞާލިޙު އިންތިޚާބު ކުރުމަށް ތާއީދުކުރައްވާތީ ޖޭޕީގެ ލީޑަރު، ޤާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވައިފައިވާ ކަމަށެވެ.

 

ޖޭޕީގެ ޓިކެޓުގައި ޕާޓީގެ ލީޑަރު ޤާސިމް އިންތިޚާބަށް ނިކުންނަވާއިރު، ޤާސިމްގެ އެޑްވައިޒަރުކަމުން އިސްތިއުފާ ދެއްވައި އާޒިމް ވިދާޅުވީ އޭނާ ގަބޫލު ކުރާގޮތުގައި ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ޞާލިޙު އިންތިޚާބު ކުރުމަކީ މިވަގުތު ރާއްޖޭގެ މުސްތަގުބަލަށް އެންމެ ފައިދާ ހުރިގޮތް ކަމަށެވެ. އަދި ޤައުމުގެ ހަމަޖެހުން ދެމެހެއްޓޭނެ ވެރިއަކީ ރައީސް ޞާލިޙު ކަމަށް ޤަބޫލު ކުރައްވާކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނަވަރަކަށް ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވަމުން އަންނަ މިދަނޑިވަޅުގައި، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އެ މަޤާމުތަކުން ވަނީ ވަކިކޮށްފައެވެ.

މިގޮތުން އެސްޓީއޯގެ އެމްޑީގެ މަޤާމުގައި ހުންނެވި ހުސައިން އަމްރު އަދި ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާސަތު ކުރިއަރުވައި ދަނޑުވެރިކަން އާލާކުރުމަށް އުފައްދާފައިވާ ކުންފުނި، އެގްރޯނެޓް ގެ މެނޭޖިންގް ޑައިރެކްޓަރު ކަމުގައި ހުންނެވި ހާރޫން ރަޝީދުވެސް  ވަނީ މަޤާމުން ވަކިކުރައްވައިފައެވެ.

Ads by Ooredoo
  1. އެސްޓީއޯގެ މެނޭޖަރު އަމުރާއި މިނިސްޓާރ ޝިފާޒު ރައީސުފެކްޝަނާއި އިދިކޮޅުވުމުން ވަކިކުރީމާ ބިރުން އުޅެނީތޯ !

  2. އާދަނު

    ފައިސާއަށް ނަފްސް ކިއްކައިގެން ކައިގެން ބޮއިގެން އުލޭ މީހުން