Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުރިއަށް އޮތީ "ޝައުގުވެރި" ދުވަސްތަކެއް: ފައްޔާޒު

ކުރިއަށް އޮތީ "ޝައުގުވެރި" ދުވަސްތަކެއް: ފައްޔާޒު

ނޭނގި ހުރިކަންކަން ސާފުވަމުން އަންނަކަމަށާއި ކުރިއަށް އޮތީ ވަރަށް "އިންޓްރެސްޓިން" ދުވަސްތަކެއްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކުގައި ކުރިއަށްދާން އުނދަގުވިޔަސް ކާމިޔާބު އޮތީ އެމްޑީޕީއަށް ކަމަށެވެ.

https://twitter.com/faya_i/status/1641422309381799936

Advertisement
Allied — Dhen Online (box)

ފައްޔާޒު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީ ވެރިކަމަށް ގެނައުމަށް މުހިންމު ރޯލެއް އަދާކުރި ޖުމްހޫރީ ޕާޓީ އިން އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާ، އެޕާޓީން ނެރޭ ކެންޑިޑޭޓެއްގެ ގޮތުގައި ޤާސިމް އިބްރާހިމް ހަމަޖައްސާފައިވަނިކޮށެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނެއް ހަދައިގެން ކަމަށާއި އެކަނި ނުކުމެ، އިންތިޚާބު ކާމިޔާބު ކުރުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްކަމަށް އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ސަރުކާރު ހިނގާ ކޯލިޝަނުގައި ހިމެނޭ އެންމެ މީހުން ގިނަ އެއް ޕާޓީ ކަމުގައިވާ ޖުމްހޫރީ ޕާޓީއިން އިންތިޚާބަށް ވަކިން ނުކުންނާނެކަން އިއުލާނު ކުރައްވާފައިވާއިރު، ސަރުކާރާއެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭއެވެ.

މީގެ އިތުރުން ޖާބިރުގެ ގްރީން ޕާޓީއިންވެސް ވަނީ ސަރުކާރާއެކު ކޯލިޝަން ހަދާނެކަމަށް ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް