Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ރައީީސް ޞާލިޙު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއްބުރުން: ނަޒީރު

ރައީީސް ޞާލިޙު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއްބުރުން: ނަޒީރު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެއެެވެ.

ޢަދާލަތު ޕާޓީގެ އިސް ތަރުޖަމާނު މިހެން ވިދާޅުވީ، އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

ނަޒީރު ވިދާޅުވީ، ކޮންމެ ދާއިރާއަކުން ބެލިނަމަވެސް ވެސް ނަތީޖާ ބުރަވަނީ ރައީސް ޞާލިޙްގެ ކޮޅަށް ކަމަށާއި، ޚިދުމަތުގެ މީޒާން ބުރަވަނީ ވެސް އެމަނިކުފާނު ކޮޅަށް ކަމަށެވެ. އަދި ކޮންމެ މީހަކާ އަޅާކިޔަސް ކުރިލިބެނީ ރައީސަށް ކަމަށް ނަޒީރު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)
“އެއީ ދިވެހި ރައްޔިތުން ބަލައިގެންފައި އޮތް ޙަޤީޤަތެއް، މާތް اللهގެ ތަނަވަސް ރަޙުމަތްފުޅާއެކު އަޅުގަނޑުމެން އިންތިޚާބު ކާމިޔާބުކުރާނީ އެއްބުރުން!” ޢަލީ ނަޒީ ވިދާޅުވެފައިވެއެވެ.
މިހާރުވެސް ސަރުކާރާއެކު ކޯލިޝަނުގައި އޮތް ޢަދާލަތު ޕާޓީން، މި އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ރައީސް ޞާލިޙާއެކު ކޯލިޝަން ހަދަން ވަނީ ނިންމައިފައެވެ. ނަމަވެސް ޖޭޕީން ނިންމީ، ރިޔާސީ އިންތިޚާބުގައި ވަކިން ވާދަ ކުރުމަށެވެ. އަދި އެ ޕާޓީން މިހައިތަނަށް ކޯލިޝަން ބައިވެރިއެއް ކަމަށް ކަނޑައަޅައިފައިވަނީ، ރައީީސް މުޙައްމަދު ނަޝީދުގެ ފެކްޝަނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް