Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުޅިވަރުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހަށް

ކުޅިވަރުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހަށް

ކުޅިވަރު ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް މަޖިލީހަށް ހުށައެޅުއްވި މި ބިލަކީ، ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކުޅިވަރު އިދާރާތަކުގެ މަސްޢޫލިއްޔަތުތައް ފުށުނާރާ ގޮތަށް ހަމަޖެއްސުމަށްޓަކައި ހުށަހެޅި އިސްލާހުތަކެއް ކަމަށް ޢަލީ ނިޔާޒް ވަނީ ވިދާޅުވެފައެވެ. އެގޮތުން، ޤާނޫނަށް ޢަލީ ނިޔާޒު ވަނީ 7 އިސްލާހެއް ހުށަހަޅުއްވައިފައެވެ.

ކުޅިވަރުގެ ޤާނޫނަށް އިސްލާޙު ހުށަހެޅުއްވި މަޤްސަދުގެ ތެރޭގައި ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހުރިހާ އުމުރުފުރާތަކެއްގެ ކުޅިވަރުގެ އެންމެހާ ހަރަކާތްތައް އެއް އޮނިގަނޑެއްގެ ދަށުން ބައްޓަން ކުރުން ހިމެނެއެވެ. އެގޮތުން ރާއްޖޭގެ ޤައުމީ ކުޅިވަރުގެ އޮނިގަނޑު އެކުލެވޭނީ ސްކޫލް ކުޅިވަރު، ވާދަވެރި ނޫން ކުޅިވަރު ވާދަވެރި ކުޅިވަރުގެ މައްޗަށް ކަމަށް ވަނީ ބުނެފައެވެ. އަދި ޤައުމީ ކުޅިވަރުގެ އޮނިގަނޑުގެ މަގްސަދުތައް ވަނީ އެ މާއްދާގައި ތަފްސީލްކޮށްދީފައެވެ. ޤާނޫނަށް ހުށައެޅި އިސްލާޙުތަކުގެ ތެރޭގައި އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) އާއި 2 ވަނަ މާއްދާގެ (ހ) އާއި (ފ)، ތިން ވަނަ މާއްދާގެ ފެށޭ އިބާރާތާއި، ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އިސްލާހު ކުރުމަށާއި، 4 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުން ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް