Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ސަރުކާރަށް ތާއީދު ނުކުރައްވާ ވަޒީރުންވަކިކުރަން "ނޯކޮންފިޑެންސް" ނަގާނެކަމުގެ އިޝާރާތެއް!

ސަރުކާރަށް ތާއީދު ނުކުރައްވާ ވަޒީރުންވަކިކުރަން "ނޯކޮންފިޑެންސް" ނަގާނެކަމުގެ އިޝާރާތެއް!

މިވަގުތު ސަރުކާރުގެ ވަޒީރުންގެ މަގާމުގައި ތިއްބެވި ބޭބޭފުޅުންގެ ތެރެއިން ސަރުކާރަށް ތާއިދު ނުކުރައްވާ ބޭފުޅުން މަޤާމުން ވަކި ކުރުމަށް މަޖިލީހުން "ނޯ ކޮންފިޑެންސް" ވޯޓު ނުވަތަ އިތުބާރުނެތް ކަމުގެ ނަގާނެ ކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ދެއްވައިފިއެވެ.

ރާއީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްއާ ދެކޮޅު ފަރާތްތައް ވަކި ކުރުމަށް، "ނޯ ކޮންފިޑެންސް" ވޯޓް ނެގުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މިވަގުތު ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ރީތި ގޮތުގައި އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ މިވަގުތަށް މަޖްލިސްގެ މެޖޯރިޓީ އޮވެމެ، ނޯ ކޮންފިޑެންސް ވޯޓް ނެގުމަކީ ނުހަނު މުހިއްމު ކަމެކެވެ." ރާއީ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ރާއީ މިހެން ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އިން އަންނަ ރިޔާސީ އިންތިޚާބުގައި ސަރުކާރުގެ ކޯލިޝަނާއި ވަކިވެ، ވަކިން ވާދަކުރައްވަން ނިންމައިފައިވަނިކޮށެވެ.

އަދި މިކަމުގެ ސަބަބުން ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ބޭފުޅުންނާއި ވަޒީރުން އިސްތިއުފާ ދެެއްވަން ޖެހޭނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ރައީސް ނަޝީދަށް ތާއިދު ކުރައްވާ ބައެއް ފަރާތްތައް މިހާރު ވަނީ ވަކި ވެސް ކޮށްފައެވެ.

މިގޮތުން އެސްޓީއޯގެ އެމްޑީގެ މަޤާމުގައި ހުންނެވި ހުސައިން ޢަމްރު އާއި ރައީސް އޮފީހުގެ މިނިސްޓަރ ޝިފާޒް ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް