Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އައްޑޫ ސިޓީން ހިމަބިހި ފެނުމާއެކު، 19 މީހަކަށް ބަލީގެ ވެކްސިން ދީފި

އައްޑޫ ސިޓީން ހިމަބިހި ފެނުމާއެކު، 19 މީހަކަށް ބަލީގެ ވެކްސިން ދީފި

އައްޑޫ ސިޓީގައި، މި މަހުގެ ތިންވަނަ ދުވަހު، ހިމަބިހީގެ ކޭޭސްއެއް ފެނުމާ ގުޅިގެން އެ ސިޓީގެ 19 މީހަކަށް އެ ބަލީގެ ވެކްސިން ދީފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ފެނުނު ހިމަބިހި ކޭސްގައި ކޮންޓެކްޓް ވެފައިވާ ފަރާތްތައް ބަލައި، އެ ފަރާތްތަކާ ބެހޭ މަޢުލޫމާތު އޮޅުން ފިލުވާފައިވާ ކަމަށެވެ.

ހިމަބިހީގެ ކޭސް ފެނުމާ ގުޅިގެން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކޭސް ފެނުނު ހިސާބުގެ ވަށައިގެންވާ ސަރައްހަދުގައި ދިރިއުޅޭ މީހުންގެ ކޮމިއުނިޓީ ސާވޭ ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވެ ތިބި އަދި ފުރިހަމަކޮށްފައިވާ ކަމުގެ ރެކޯޑް ނެތް މީހުންނަށް ވެކްސިން ދިނުމަށް ރިންގް ވެކްސިނޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

Advertisement
Allied — Dhen Online (box)

އެޗްޕީއޭއިން ވިދާޅުވީ، އެ ކޭސްއާ ގުޅިގެން މިހައިތަނަށް 65 ފަރާތެއް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު، މިހާތަނަށް މިއިން އެއްވެސް ފަރާތަކުން ބަލީގެ އަލާމާތެއް ފެނިފައެެއް ނުވި ނަމަވެސް ހިމަބިއްސަށް ޕޮޒިޓިވްވި ފަރާތާއި ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާ ހުރިހައި ފަރާތްތަކަކީވެސް ހިމަބިހި ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަތަކެއް ކަމަށެވެ.

އަދި ކޮމިއުނިޓީ ސާވޭގައި 41 ފަރާތެއްގެ މައުލޫމާތު ސާފުކުރެވިފައިވާ ކަމަށާއި އެ ސާވޭގައި 16 ގެއަކާއި 1 ފިހާރަ ހިމމެނޭ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެއެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށް ކަނޑައަޅާފައިވާތީ ހިމަބިހީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ ފަރާތްތައް ހިމަބިއްސަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުމަކީ އެ އެޖެންސީގެ ސާވެއިލެންސް މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްދޭ ތަނަކުން އަމަލު ކުރަމުން އަންނަ އުސޫލެއް ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އަދި ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ ެއެދިއިވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް