ޚަބަރު

މަގުމައްޗަށް ކުނި ނެރެން ނޭންގޭނެ: އީޕީއޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަގުމަތީގައި ކުނި ބަހައްޓައިގެން ނުވާނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

Ads by STELCO

އީޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް މާލޭ ސަރަހައްދުގެ (މާލެ/ހުޅުމާލެ/ވިލިމާލެ) މަގުތަކަށާއި، ގޭދޮރުމައްޗަށާއި، ކަންކަން މައްޗަށް ކުނިނެރިފައި ބެހެއްޓުމާއި ކުނި ޖަމާކުރަމުން ދިޔުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މާލެ ސަރަހައްދުގެ މަގުތަކަކީ ނުހަނު ކާރު ބާރުބޮޑު އަދި އެހާމެ ހަނި މަގުތަކަކަށް ވުމުން މިގޮތަށް ކުނި ނެރެފައި ބެހެއްޓުމުން ތަފާތުއެކި އުނދަގޫތަކާއި ކުރިމަތިވާ ކަމެއް ކަމަށާއި އަދި މަގުތަކުގެ ސާފުތާހިރުކަން ގެއްލި މަގުތައް ޚަރާބުވެ، ގޮނޑުވަމުންދާ ކަމަށެވެ.

މަގުތަކާއި ކަންމަތިތަކަށް ކުނި ނެރެފައި ބެހެއްޓުމާއި ގުޅިގެން އީޕީއޭއިން ފާހަގަކުރި ކަންކަން:

– ކުނި ނެގުމުގެ ޚިދުމަތް ދޭ ފަރާތުން އައިސް ނަގައިގެން ގެންދާނެކަމަށް ބަލާ ގޭދޮރުން ބޭރުގައި ދުވާރުމަތީގައި ނުވަތަ ކަންކަންމަތީގައި ކުނި ބެހެއްޓުން.

– ކުނި ކޮތަޅު ފުރޭއިރަށް ގޭތެރޭގައި އެ ކޮތަޅު ބެހެއްޓުމުގެ ބަދަލުގައި ވަކި ގަޑިއެއް ނުބަލާ ކުނި ކޮތަޅު ގެއިންނެރި މަގުމަތީގައި ބެހެއްޓުން.

– ކުނި އުކާލުމުގެ ޚިދުމަތް ދޭ ފަރާތްތަކުން އަންގައިގެން ކަމަށްބުނެ މަގުތަކަށާއި ކަންކަންމައްޗަށް ކުނިނެރުން.

– ކުނި އުކާލުމުގެ ޚިދުމަތްދޭ ފަރާތުގެ މުވައްޒަފުން ގެޔަށް ނުވައްދަންވެގެން ނުވަތަ އާންމުކޮށް އަންނަ ގަޑިއަށް ނައިސްގެން ކުނި ކޮތަޅު ގެއިންނެރި ބޭރުގައި ބެހެއްޓުން.

– އެކިއެކި މަސައްކަތްކުރާ ތަންތަނުން ޕިކަޕެއް ފުރެންދެން މަގުމަތީގައި ކުނި ބަހައްޓަމުން ގެންދިޔުން.

– ބަލްކު ކުނި (ފަރުނީޗަރ/ގޮދަޑި/ދޮންނަމެޝިންފަދަ ތަކެތި) އުކާލުމުގެ އަގުބޮޑުކަމަށް ބުނެ މަގުތަކާއި ކަންކަންމައްޗަށް އަޅާފައި ބެހެއްޓުން.

– ކުނި ނެގުމުގެ ޚިދުމަތްދޭ ފަރާތްތަކުން ކުނިގެންދާ ވެހިކަލްތަކަށް ކުނި އެޅުމުގެ ބޭނުމަށް ކަންކަންމައްޗަށާއި މަގުތަކުގެ އެކި ތަންތަނަށް ކުނި އަޅާފައި ބެހެއްޓުން.

އީޕީއޭ އިން ބުނީ އެއްވެސް ސަބަބަކާހުރެ ކުނިވާ ޒާތުގެ ކުނިކޮތަޅުތަކާއި އެހެނިހެން ކުނި މަގުތަކާއި ދުވާރުމަތީގައާއި ކަންކަންމަތީގައާއި ހުސްތަންތަނަށް ނެރިފައި ބެހެއްޓުމަކީ ގަވާއިދާ ޚިލާފު ކަމެއް ކަމަށެވެ. އަދި ކުނި އުކާލުމުގެ ޚިދުމަތްދޭ ފަރާތެއްގެ މުވައްޒަފަކު މިގޮތަށް ކުނި ނެރިފައި ބަހައްޓަން އަންގައިގެން ނުވާނެ ކަމަށާއި އެންގިކަމުގައި ވިޔަސް އެގޮތަށް ކުނި ކޮތަޅުތައް ނެރި މަގުމަތީގައި ބަހައްޓައިގެން ނުވާނެ ކަމަށް އީޕީއޭ އިން ބުނެ އެވެ.

އީޕީއޭ އިން ވަނީ ކުނި މެނޭޖުކުރުމުގެ ކަންކަން ޤާނޫނީ އިމުގެ ތެރެއިން ކުރަމުން ގެންދިއުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކޮށްފަ އެވެ.

  1. އަހުމަދު

    މިހާރު ކުނިކޮތަޅު މަގުމަތީގައި ބަހައްޓަނީ ވެމްކޯމީހުން

    • ނަން

      ކޮވިޑް ތެރޭ ތިކަން ފެށިގޮތައް ހަމަ ނާރަ މައްޗައް ކުނި ނަގަން…ގުޅާ ޝަކުވާ ކުރީމަ ބުނާނެ ދޮރުނުހުޅުވައޭ…ކުރިން ހުޅުވޭ ދޮރު މިހާރު ނާރާނެ ގޮތެއް ހޯދަން ހުސް ބަހަނާ…މަތިން ބަލަން ހުރެ ގޮވިޔަސް ނާރަ އެބަދޭ…ދެން މަގުމައްޗަށް ނުނެރޭށޭ ބުންޏަސް ކޮންތާކުތަ ކުނިތައް ސްޓޮކް ޖަހާފަ ބަހައްޓަނީ…ވެމްކޯ އަކަށް ތިކަމެއް ނުވިއެއްނު…ބޮޑު ބޮލުގަ ރިހުމަކަށް ވެއްޖެ

      • އަލީ

        ދެންނެއްތަ މި ރޯދަމަހު ހަދާނެ ދޮގެއް

  2. ނުބަހައްޓާތި

    (މަގުމަތީގައި ކުނި ބަހައްޓައިގެން ނުވާނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.)
    އީޕީއޭއިން މިގޮތައް އެންގުމުން ހުރިހާކަމެއް ހައްލުވީކަމަށް ވާނަމަ އެއީ ކުށްހީއެއް.. އެއަށްވުރެން މާލޭގެ ޙާލަތުގޯސް..

  3. ޢަމް

    ބަލަ ވެމްކޯމީހުން މިހާރު ނާރާ ކުނި ނަގާކަށް އަރަންޔާ 300 ނުވަަނެ އެވަރަކުން