Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަލި ރަސްގެފާނުގެ ޒިޔާރަތް އާބާތުރަ ފިލުވަން އެމްޑަބްލިޔުއެސްސީއާ ޙަވާލުކޮށްފި

އަލި ރަސްގެފާނުގެ ޒިޔާރަތް އާބާތުރަ ފިލުވަން އެމްޑަބްލިޔުއެސްސީއާ ޙަވާލުކޮށްފި

މާލޭގައި ހުންނަ އަލި ރަސްގެފާނު ޒިޔާރަތުގެ އާބާތުރަ ފިލުވުމަށް، ހެރިޓޭޖް މިނިސްޓްރީން އެމްޑަބްލިޔުއެސްސީއާ ޙަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ މަރުކަޒުގެ އިސްވެރިޔާ، އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤްއެވެ.

އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހެވެ.

Advertisement
Ooredoo — Truecaller (box)

މި އެއްބަސްވުމުގެ ދަށުން، އަލިރަސްގެފާނު ޒިޔާރާތް އާބާތުރަ ފިލުވައި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ކުރާނެއެވެ.

އެގޮތުން އަލިރަސްގެފާނުގެ ޒިޔާރަތުގެ ފާރުތަކާއި، ގޭޓުގައި ކުލަލުން ފަދަ ކަންކަން ހިމެނެއެވެ.

މިއެއްބަސްވުން އެކުލަވާލާފައިވަނީ އެއްއަހަރު ދުވަހުގެ މުއްދަތަކަށެވެ.

މިއީ ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ޚާއްސަ ލަފައަކާއި އިރުޝާދާއެކު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަސައްކަތެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް