ހިޔާ ފުލެޓެއްގެ ބެލްކަނީގައި އަނެއްކާވެސް އަލިފާން ރޯވެއްޖެ

ހިޔާ ފުލެޓެއްގެ ބެލްކަނީގައި އަނެއްކާވެސް އަލިފާން ރޯވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ ހިޔާ ފްލެޓް 7 ގެ ފުރަތަމަ ފަންގިފިލާގެ އެޕާޓްމެންޓެއްގައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށްގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ދާދިފަހުން ވެސް ވަނީ ހިޔާ ފުލެޓެއްގެ ބެލްކަނީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އެފަހަރު އަލިފާން ރޯވެފައިވަނީ ބެލްކަނީގައި ހުރި ކުނިތަކެއްގައެވެ. އެ ހާދިސާގައި ވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އަލިފާން ރޯވި ބެލްކަނީގައި ހުރި ތަކެއްޗާއި ބެލްކަންޏަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.







ކޮމެންޓް