Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކުޑަކުދިންނަށް ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް ފަށައިފި

ކުޑަކުދިންނަށް ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް ފަށައިފި
ކޮވިޑް 19 އިން ދިފާއުވުމަށްޓަކާ ފަސް އަހަރާ 11 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ މަސައްކަތް ފަށައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ވިދާޅުވީ، ފަސް އަހަރުން މަތީގެ ކޮންމެކުއްޖަކަށް ވެސް ފައިޒާ ވެކްސިން ޖެހުުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމުގައެވެ. އަތޮޅު ތަކުގެ ހޮސްޕިޓަލުތަކާއި ސިއްޙީ މަރުކަޒު ތަކުން މިވެކްސިން ޖެހުމަށް ހަމަޖެހިފައިވާއިރު، މާލެ ސަރަހައްދުގައި ވެކްސިން ދޭ ތަންތަނާއި ގަޑިތައް ވެސް އެޗްޕީއޭއިން ވަނީ އާންމު ކުރައްވައިފައެވެ.

މާލޭ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ދަމަނަ ވެށީގައެވެ.

އައިޖީއެމްއެޗުން ވެކްސިން ޖަހައިދޭނީ ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 8.000 އިން 10:00 އަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނީ ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށާއި ބުދަ ދުވަހުގެ ރޭގަނޑު 21:00 އިން 22:00 އަށެވެ.

Advertisement
Ooredoo — Square (box)

އަދި ދަމަނަވެށިން ވެކްސިން ޖަހައިދޭނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އިން 13:30 އަށާއި އާދިއްތަ ދުވަހުގެ ރޭގަނޑު 21:00 އިން 22:00 ދެ އިތުރުން އަންގާރަ ދުވަހުގެ ރޭގަނޑު 21:00އިން 22:00 އަށެވެ.

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ދޭން ފެށިއިރު، ފަހަކަށް އައިސް މި ބަލީގެ ކޭސްތައް ވަނީ އިތުރުވާން ފަށައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް