Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގުރައިދޫ އިންތިޚާބުގެ ނަތީޖާއާއެކު ރައީސް ޔާމީނަށް 2023ގެ އުންމީދު ބޮޑުވެއްޖެ: ޝިޔާމް

ގުރައިދޫ އިންތިޚާބުގެ ނަތީޖާއާއެކު ރައީސް ޔާމީނަށް 2023ގެ އުންމީދު ބޮޑުވެއްޖެ: ޝިޔާމް
ޖަލަށްލާފައިވާ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އިތުރުވެފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު ޝިޔާމް ވިދާޅުވީ ގުރައިދޫ ބައި-އިލެކްޝަން ބުނެދޭ އެންމެބޮޑު ހަޤީގަތަކީ ހުރިހާ ބާރަކާ ނުފޫޒާއެކު ސަރުކާރަށް ލިބުނީ 48 ޕަސެންޓްކަން ކަމަށެވެ. މިއީ ރައީސް ސޯލިހުގެ ދެވަނަ ދައުރެއްގެ ހުވަފެންފުޅުގައި ކުލަނުޖެހޭނެކަން ކަށަވަރުކޮށްދޭ ނަތީޖާއެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. "ރައީސް ޔާމީނަށް 2023 ގެ އުންމީދު އިތުރުވި ނަތީޖާއެއް." ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޔާމީން މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނައިރު އެމަނިކުފާނު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. އެ ދުވަހުން ފެށިގެން އިދިކޮޅު ސަޕޯޓަރުން އަންނަނީ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް