ޚަބަރު އިޖުތިމާޢީ

ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ގޮވާމުގެ ބާވަތްތައް މާދަމާއިން ފެށިގެން ބަހަން ފަށަނީ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

1444 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް މާދަމާއިން ފެށިގެން ބަހަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން ކުރެއްވި އިޢުލާނެއްގައި ވިދާޅުވަނީ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ގޮވާމުގެ ބާވަތްތައް މި އޭޕްރީލް މަހުގެ 19 ދުވަހުން ފެށިގެން ބަހަން ފަށާނެ ކަމަށާއި ފިތުރު ޒަކާތް ބެހުން އޮންނާނީ މަޖީދިއްޔާ ސުކޫލުގެ ސަލާހުއްދީނު ހޯލުގައި ކަމަށެވެ. މިނިސްޓްރީން ވިދާޅުވި ގޮތުގައި މިތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައި ވަނީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނާނެ ކަމަށާއި މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލްގެ ސަލާޙުއްދީން ހޯލުގައެވެ. ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!