Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ލޮނުޒިޔާރާތް ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަނީ

ލޮނުޒިޔާރާތް ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަނީ

ލޮނުޒިޔާރަތް ޕާކުގެ އާބާތުރަ ފިލުވައި، މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރެއްވި އެ އިއުލާނުގައި ބުނީ ލޮނުޒިޔާރަތް ޕާކުގެ އެކި ދިމާލުގައި ހުރި ތަންތަން ވަރަށް ބޮޑަށް ހަލާކުވެ، މަރާމާތުކުރުމަށް ބޭނުންވެފައިވާ ކަމަށެވެ.

އެހެންވެ، ޕާކުގެ ތެރޭގައާއި ޕާކާ އިންވެގެން އޮތް ސަރަހައްދުތަކުގައި ކުރަން ހުރި މަސައްކަތްތައް އަމިއްލަ ޚަރަދުގައި ކޮށްދޭނެ ބަޔަކު ހޯދަން ބޭނުން ވާތީ، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.

Advertisement
Allied Insurance — Square (box)

މި މަސައްކަތަށް އަގު ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިންނެވެ.

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުންޏާއި ޕާޓްނާޝިޕާއި ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް