ޚަބަރު އިޖުތިމާޢީ

ފިޠުރު ޒަކާތުގެ ގޮތުގައި 9 މިލިއަން ރުފިޔާ ލިބިއްޖެ, ޒަކާތު ފައިސާ ފަގީރުންނަށް ބަހައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

1444ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ލިބުނު ޖުމްލަ 9,003,324.05 (ނުވަ މިލިޔަން ތިންހާސް ތިންސަތޭކަ ސައުވީސް ރުފިޔާ ފަސްލާރި) ފަގީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފިއެވެ.

Ads by MWSC

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މި މުއްދަތުގައި ޒަކާތް ދައްކާފައިވަނީ 175485 (އެއްލައްކަ ހަތްދިހަ ފަސްހާސް ހަތަރުސަތޭކަ އައްޑިހަ ފަހެއް) މީހުންނެވެ.

ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ 8446 (އަށްހާސް ހަތަރުސަތޭކަ ސާޅީސް ހައެއް) މީހުންގެ ތެރެއިން، މާލެ ސިޓީން1736 ( އެއްހާސް ހަތްސަތޭކަ ތިރީސް ހައެއް) މީހުންނަށް، ބޮލަކަށް 3450 ( ތިންހާސް ހަތަރުސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުން ވަނީ 20 އެޕްރިލް 2023ގައި އެފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މި ރަމަޟާންމަހުވެސް ފިޠުރު ޒަކާތް ގޮވާމުން ބަލައިގެންފައިވާއިރު20 އެޕްރިލް 2023 (29 ރަމަޟާން 1444) ގެ ނިޔަލަށް ފިޠުރުޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ 12989.3 ( ބާރަހާސް ނުވަސަތޭކަ އައްޑިހަ ނުވައެއް ޕޮއިންޓް ތިނެއް ) ކިލޯއެވެ.

ފިޠުރުޒަކާތުގެ ގޮތުގައި ލިބުނު ގޮވާންވެސް 20 އެޕްރިލް 2023ގެ ނިޔަލަށް ވަނީ  ބަހާ ނިންމާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!