ޚަބަރު ސިޔާސީ

ޕްލާސްޓިކް ނޫންގޮތެއް ހޯދަން ފުރަތަމަ ކުރަންވީކަމަކީ “ޕްލާސްޓިކް މީހުން ނޫންގޮތެއް” ހޯދުން: ވައްޑޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޕްލާސްޓިކް ނޫންގޮތެއް ހޯދަން ފުރަތަމަ ކުރަންވީ ކަމަކީ “ޕްލާސްޓިކް މީހުން ނޫންގޮތެއް” ހޯދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ހޫނުވެފައިވާ "ކޮތަޅު ޓެކްސް"ގެ މައްސަލައިގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މިދަނޑިވަޅުގައި ވައްޑޭ ވިދާޅުވީ ޕްލާސްޓިކް ނޫން ބައިވަރު ގޮތްތައް އެބަހުރިކަން ބުނެދީ، އެގޮތްތައް ވައިގާ ހިއްޕުވަން ލިބުން މުއްދަތުގައި ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް "ހަމަ ތިބީ" ކަމަށެވެ.

"ޕްލާސްޓިކަކީ ބުރައެއް ގޮތުގައި ހަދައި، ޕްލާސްޓިކް ނޫން ބައިވަރު ގޮތްތައް އެބަހުރިކަން ބުނެދީ، އެގޮތްތައް ވައިގާ ހިއްޕުވަން ލިބުން މުއްދަތުގައި ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ހަމަ ތިބީ. ޕްލާސްޓިކް ނޫންގޮތެއް ހޯދަން ފުރަތަމަ ކުރަންވީ ކަމަކީ “ޕްލާސްޓިކް މީހުން ނޫންގޮތެއް” ހޯދުން" ވައްޑޭ ވިދާޅުވިއެވެ.

ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމުން ކޮތަޅު ބޮނޑިއެއްގެ އަގު ކުރިއަށް ވުރެ ދެގުނަ ބޮޑަށް ވަނީ އުފުލިފައެވެ.

މި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒު ވެފައިވެއެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވީ ކޮތަޅުގެ އަގު އުފުލުނީ މަޖިލީހުން ޤާނޫނު ފާސްކުރިއިރު ގެނައި ބަދަލަކާއިގުޅިގެން ކަމަށެވެ. އަދި މިމައްސަލަ ހައްލުވާނީ މަޖިލީހުގެ މަސައްކަތްތައް އަވަސްވެގެންކަމަށްވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!