Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާާއްޖޭގެ ސިޔާދަތީ ބާރު އަނބުރާ ހޯދޭނީ، ވަރަށް އުނދަގުލުން: މުންދު

ރާާއްޖޭގެ ސިޔާދަތީ ބާރު އަނބުރާ ހޯދޭނީ، ވަރަށް އުނދަގުލުން: މުންދު

ރާއްޖޭގެ ސިޔާދަތީ ބާރު އަނބުރާ ގެނެވޭނީ ވަރަށް އުނދަގުލުން ކަމަށް ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ޙުސެއިން ޝަރީފު(މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވެފައިވަނީ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި، ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން، އެ ޤައުމުން ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވަމުން އަންނަކަން ފާހަގަކުރައްވައި، ދެއްކެވި ވާހަކައިގެ ތެރެއިންނެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ވަރަށް ގަދަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މުންދު ވިދާޅުވީ ކޮންމެ ކަމެއްގައިވެސް، މި ސަރުކާރުގެ ވެރިން ވިސްނަވަނީ އެ ބޭފުޅުންގެ އަމިއްލަ ޖީބަށް ބަރުވާނެ ގޮތަކަށް ކަމަށާއި، ރައްޔިތުމީހާއާ ދޭތެރޭގައި ވިސްނާނީ އެންމެ ފަހުން ކަމަށެވެ. ޗާގޯސް މައްސަލައިގައިވެސް، އަމަލު ކުރީ އަމިއްލަ އެދުން އިސްކޮށް، ދިވެހީންނަށް ލިބެން އޮތް ކަނޑުގެ ސަރަހައްދެއް ގެއްލިގެންދާނެ ގޮތަށްކަން އޭނާ ފާހަގަކުރެއްވިއެވެ.  

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް