ޚަބަރު ސިޔާސީ

ސަރުކާރާއި ދެކޮޅުހަދާ މެމްބަރުންނަށް ފައްޔާޒު ފިޔަވަޅު ނާޅާނެކަމުގެ ޔަގީންކަން އެބައޮތް: އާޒިމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރާއި ދެކޮޅުހެދިޔަސް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފިޔަވަޅެއް ނާޅާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އާޒިމް މިފަދައިން ވިދާޅުވީ މުދަލާއި ހިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލްކުރުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ދެއްކެވި ވާހަކަފުޅުގައެވެ.

އާޒިމް ވިދާޅުވީ ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކާ މެމްބަރުންނާއިމެދު ފިޔަވަޅު އަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން އެދިފައިވަކަމަށެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދާއެކު ތިއްބެވި މެންބަރުންނަށް ފިޔަވަޅު އަޅައިގެން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ކާމިޔާބު ނުވާނެކަން ފައްޔާޒަށް އެނގިވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

“ޗެއާޕާސަން ފަޔާޒް އެބަ ގަބޫލު ކުރައްވާ އަޅުގަނޑުމެން އެއްކޮށް ތިބެގެން ނޫނީ ދެން އޮންނަ އިންތިހާބެއް މޮޅު ނުވާނެ ކަން” އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ފައްޔާޒަކީ ދުރުވިސްނޭ މީހެއް ކަމަށާއި މެމްބަރުންނާއިމެދު ފިޔަވަޅު ނާޅާނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!