Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފުލުހެއްގެ ކިބައިން އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އިމްރާން

ފުލުހެއްގެ ކިބައިން އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އިމްރާން

ފުލުހެއްގެ ކިބައިން އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރ އޮފް ހޯމް އެެފެއަރޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ފުލުހުންނާ މެދު ރައްޔިތުންގެ ގިނަ ޝަކުވާތަކެއް އެބަހުރި ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި ބައެއް އޮފިސަރުންގެ ކިބައިން ރައްޔިތުންނަށް ބައެއް ފަހަރު އަނިޔާތަކާއި ގެއްލުންތައް ލިބޭކަން ޤަބޫލުފުޅުކުރައްވާކަމަށް ވިދާޅުވިއެވެ.

ނަމަވެސް ފުލުހެއްގެ ކިބައިން އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބުމަކީ އެއްވެސް ޙައިސިއްޔަތަކުން ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއާ ޚިލާފަށް ޖަލުތަކުގައި ބަންދުކުރެވޭ މީހުންނަށް ވަރަށް މަދު ފަހަރަކު ނޫނީ އަނިޔާއެއް ލިބޭ ޚަބަރު ނުލިބޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އެފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ ކޮމިޝަނަރާއި، ކޮމިޝަނަރުގެ ޓީމާއެކު އަޅަން ޖެހޭ ފިޔަވަޅު އަޅަމުންގެންދަވާކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެކަން ކުރައްވާނީ އެގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް