Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ނަޝީދު އެޑްމިޓްކޮށްފައި ވަނިކޮށް އޭޑީކޭ ފާހާނާތެރެއިން ފިސްތޯލައެއް ފެނުނު މައްސަލައެއް

ރައީސް ނަޝީދު އެޑްމިޓްކޮށްފައި ވަނިކޮށް އޭޑީކޭ ފާހާނާތެރެއިން ފިސްތޯލައެއް ފެނުނު މައްސަލައެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއަށް ފަހު އެމަނިކުފާނު އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދިޔައިރު އެ ހޮސްޕިޓަލުގެ ފާޚާނާއަކުން ފިސްތޯލައެއް ފެނުނު މައްސަލައެއް މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީޕް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ފުލުހުންގެ މީޑިޔާ ޑިޕާޓުމެންޓު މެދުވެރިކުރައްވައި އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ދެއްވާނެ ކަމަށެވެ.

މީގެ އިތުރުުން ބަޝީރު ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތު މިއަދުގެ ޕްރެސްއަށް ނުގެންނަވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

މިމަހުގެ ހަވަނަ ދުވަހު މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ހަރުކަށި ފިކުރުގެ މީހުންނެވެ.

ރައީސް ނަޝީދަށް މިހައިތަނަށް ފަރުވާ ދީފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެގޮތުން 16 ގަޑިއިރު ތެރޭ އެމަނިކުފާނުގެ ހަތަރު އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށް އޭޑީކޭއިން ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ރައީސް ނަޝީދުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވާ ކަމަށާއި ހަށިކޮޅުގެ މުހިންމު ގުނަވަންތައް ފޫއަޅުވައިލި ކަމަށް ވެސް އޭޑީކޭއިން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް