Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސިވިލްސާވަންޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އާދަމް ޝަރީފް 

ސިވިލްސާވަންޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އާދަމް ޝަރީފް 

ސިވިލްސާވަންޓުންނަށް ބިރު ދެއްކުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ގޮވައިލައްވައިފިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ސިވިލްސާވަންޓަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ޕޯސްޓަކުންވެސް މިނިސްޓްރީއާއި އޮފީސްތަކުން ބިރު ދައްކައި އިންޒާރު ދީފައި އެބަހުރި ކަމަށެވެ.

"ސޯޝަލް މީޑިއާގައި ސިވިލްސާވަންޓަކު ހިއްސާ ކުރާ ޕޯސްޓަކުންވެސް މިނިސްޓްރީއާއި އޮފީސްތަކުން ބިރު ދައްކައި އިންޒާރު ދީފައި އެބަހުރި! ސިވިލްސާވަންޓްސް ތިބީ ބިރުވެރިކަމުގައި. ހިޔާލުފާޅު ކުރުމުން މުވައްޒަފުންނަށް ބިރުދެއްކުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން" އާދަމް ޝަރީފު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މެމްބަރު އާދަމް ޝަރީފު މިހެން ވިދާޅުވީ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރިކުރުމާއި ގުޅިގެން، ކަމާ ގުޅުން ހުރި ދާއިރާތަކުގެ އިސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިގެންނެވެ.

ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާއިރު ސިވިލް ސާވަންޓުންނަށް އެކަށޭނެ މުސާރައެއް ނުލިބޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ އަޑުއުފުލަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް