Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޖަލުގައި މިހައިތަނަށް އެންމެ ގިނަ ޚިދުމަތް ދެވުނު ޤައިދީ އަކީ ރައީސް ޔާމީން: އިމްރާން

ޖަލުގައި މިހައިތަނަށް އެންމެ ގިނަ ޚިދުމަތް ދެވުނު ޤައިދީ އަކީ ރައީސް ޔާމީން: އިމްރާން

ޖަލުގައި މިހައިތަނަށް އެންމެ ގިނަ ޚިދުމަތް ދެވުނު ޤައިދީ އަކީ ރައީސް ޔާމީން ކަމަށް ހޯމް މިނިސްޓަރު އިމްރާން  ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މިކަން ކަރެކްޝަންސްގެ މުވައްޒަފުން ދަންނާނެކަމަށެވެ.

"ރައީސް ޔާމީންގެ އިންސާނީ ހައްޤާއި ކަރާމާތަށް އުނިކަމެއް ލިބޭނެފަދަ އެއްވެސް ކަމެއް ކުރުމަކީ އަޅުގަނޑުގެ ޒަމީރު ތަންދޭ ކަމެއްނޫން. ޖަލުގައި މިހައިތަނަށް އެންމެ ގިނަ ހިދުމަތް ދެވުނު ޤައިދީ އަކީ ރައީސް ޔާމީންކަން ކަރެކްޝަންގެ އޮފިސަރުންނަށް އެނގިވަޑައިގަންނަވާނެ" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އިމްރާން މިހެން ވިދާޅުވީ އިމްރާންގެ ބާރު ހިނގާ މުއައްސަސާއެއްގެ ބެލުމުގެ ދަށުގައި ކުރީގެ ރައީސް ޔާމީން ބެހެއްޓުމަކީ ކަންބޮޑުވާކަމެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް ވިދާޅުވުމާ ގުޅިގެންނެވެ.

ޝިޔާމް ވިދާޅުވީ އިމްރާންގެ ބަސްމަގު ގެންގުޅޭގޮތުން ކޮންމެފަދަ ކަމެއްވެސް ރައީސް ޔާމީނަށް ކޮށްފާނެ ކަމަށެވެ.

“މަޤާމު ހޯދާށާ މަޤާމުގެ ދިފާޢުގައި ހަމަކޮށްމެފަދަ ކަމެއްވެސް މީނާ ކޮށްފާނެ” އިމްރާން ވިދާޅުވިއެވެ.

އަދި މިނިސްޓަރު އިމްރާންގެ ބާރުހިނގާ ތަނެއްގެ ބެލުމުގެ ދަށުގައި ރައީސް ޔާމީން ދައުލަތުން ބެހެއްޓުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް