Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮވިޑް ޖެހުނު 38 މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދެނީ

ކޮވިޑް ޖެހުނު 38 މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދެނީ

ދިވެހިރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށައިފައިވާއިރު، މި ބަލި ޖެހިގެން 38 މީހަކަށް އެޑްމިޓްކޮށް ފަރުވާ ދެމުންދާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކުރައްވައިފިއެވެ.

އެ އެޖެންސީން ވިދާޅުވި ގޮތުގައި، މިދިޔަ ހަފްތާގައި 194 މީހަކު ކޮވިޑަށް ފައްސިވިއެވެ. އޭގެ ތެރެއިން 105 މީހުންނަކީ މާލެ ސަރަޙައްދުން އެ ބަލި ޖެހުނު މީހުންނެވެ. އަދި އަތޮޅު ތެރެއިން  42 މީހަކު ފައްސިވީއިރު،  ރިސޯޓުތަކުން 47 މީހަކަށް ބަލި ޖެހުނެވެ.

ކޮވިޑް-19 އަށް މުޅި ރާއްޖެއިން ފައްސިވީ މީހުންގެ އަދަދު ހުރީ 186،435 ގައެވެ. އެ ބަލީގައި 313 މީހަކު މިހައިތަނަށް ވަނީ ނިޔާވެފައެވެ.

Advertisement
Ooredoo — Square (box)

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް