Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޖެހި އިންޖެކްޝަނެއްގެ ސަބަބުން މީހެއްގެ އިނގިލިތައް ބުރިކޮށްލި ކަމަށް ބުނި މައްސަލަ މިދަނީ ތަހުޤީޤު ކުރަމުން: އައިޖީއެމްއެޗް

ޖެހި އިންޖެކްޝަނެއްގެ ސަބަބުން މީހެއްގެ އިނގިލިތައް ބުރިކޮށްލި ކަމަށް ބުނި މައްސަލަ މިދަނީ ތަހުޤީޤު ކުރަމުން: އައިޖީއެމްއެޗް

ހޮސްޕިޓަލުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން އުމުރުން ދުވަސްވީ މީހެއްގެ އިނގިލިތައް ބުރިކޮށްލި ކަމަށް ބުނެ ޝޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައިގައި ކަން ހިނގާފައިވާގޮތް ދެނެގަނެ، ބަލި މީހާއަށް ފަރުވާ ދިނުމުގައި ކްލިނިކަލް ޕްރޮޓޮކޯލްތަކާއި އެއްގޮތަށް އަމަލުކޮށްފައިވޭތޯ ހޮސްޕިޓަލުގައި އެކުލަވާލައިފައިވާ މިފަދަ މައްސަލަތައް ބަލާ ކޮމިޓީ އިން ދަނީ ތަހުޤީޤު ކުރަމުންކަމަށެވެ.

"އަދި މިކޮމިޓީގެ ހޯދުންތައް ކަމާ ބެހޭ ފަރާތްތަކާއި ހިއްސާ ކުރާނެކަމުގައިވެސް މިފުރުސަތުގައި ދަންނަވަމެވެ." އައިޖީއެމްއެޗްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

https://twitter.com/HKurusee/status/1653360655670411265

ހޮސްޕިޓަލުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން އުމުރުން ދުވަސްވީ މީހެއްގެ އަތުގެ އިނގިލިތައް މަރުވެ އިނގިލިތައް ބުރިކޮށްލަން ޖެހުނުކަމަށް ބުނެ ޝޯޝަލް މީޑިއާގައި އިއްޔެއިން ސުރެ ދަނީ ފޮޓޯތަކެއް ދައުރުވަމުންނެވެ. މި ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާގެ އަތުގެ 3 އިނގިލި ބުރިކޮށްލާފައިވާއިރު ކުޑަވާއިގިއްޔާއި އެކު އަތުގެ އެއްބައިވެސް ވަނީ ކަފާލައިގެން ނަގައިފައެވެ. އަދި ދައުރުވަމުން އަންނަ ފޮޓޯތަކާއެކު ބުނެފައިވަނީ އެމީހާއަކީ ފާހާނާއަށް ވެއްޓުމުގެ ސަބަބުން މުލީ ހޮސްޕިޓަލަށް ގެންދިޔަ މީހެއްކަމަށާއި އައިޖީއެމްއެޗަށް ރިފަރ ކުރީ އެ ހޮސްޕިޓަލުންކަމަށެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް