ޚަބަރު ސިޔާސީ

ޗާގޯސްއަކީ މިއަދާ ހަމައަށް އިސްތިއުމާރީ ބާރެއް ދަށުގައި އޮތް އަތޮޅެއް، ގައުމެއް ނޫން: ވައްޑޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

ޗާގޯސްއަކީ މިއަދާ ހަމައަށް އިސްތިއުމާރީ ބާރެއް ދަށުގައި އޮތް އަތޮޅެއްކަމަށާއި ވަކި ގައުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ވައްޑޭ ވިދާޅުވީ ޗާގޯސް މައްސަލައިގައި ސިއްރު ސިޓީފުޅެއް ފޮނުވިއިރު ހަމަގައިމުވެސް ރާއްޖެއާ ޗާގޯސްއާ ދެމެދު މިނިވަން މުސްތަޤިއްލު “ދެޤައުމެއް ދޭތެރޭ” ދެކެވޭގޮތަށް ދެކެވޭނެ ޖާގައެއް ވުޖޫދަކު ނުވެސްނެތްކަމަށެވެ.

"ޗާގޯސްއަކީ ޤައުމެއްނޫނެވެ. ވަކިގޮތެއް ނުނިންމައި، މިއަދާ ހަމައަށް އިސްތިއުމާރީ ބާރެއް ދަށުގައި އޮތް އަތޮޅެކެވެ. އެ ސިއްރު ސިޓީފުޅެއް ފޮނުވިއިރު ހަމަގައިމުވެސް ރާއްޖެއާ ޗާގޯސްއާ ދެމެދު މިނިވަން މުސްތަޤިއްލު “ދެޤައުމެއް ދޭތެރޭ” ދެކެވޭގޮތަށް ދެކެވޭނެ ޖާގައެއް ވުޖޫދަކު ނުވެސްނެތެވެ." ވައްޑޭ ވިދާޅުވިއެވެ،

އިމުގެ މައްސަލައިގައި އިޓްލޮސްއިން މިިދިޔަ ހުކުރު ދުވަހު އިއްވި ހުކުމާއެކު ޗާގޯސްގެ ސިޔާދަތީ ބާރު ވަނީ މޮރިޝަސް އަށް ލިބިފައެވެ. މިއާއެކު ރާއްޖޭގެ ސަރުކާރުން ބުނެފައިވަނީ ދެކުނުގެ އިންވަކި ކުރެވިގެން ދިޔުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެހެންނަމަވެސް ސަރުކާރާއި އިދިކޮޅުން ދަނީ މިއީ ރާއްޖޭގެ ސަރުކާރުން ގާނޫނާއި ހިލާފަށް ކުރި ކަމެއްކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާތީ އެކަމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!