ޚަބަރު އިޖުތިމާޢީ

ހިޔާގެ ދެފުލެޓް އެއްކޮއްލުމުން ބޮޑު އަދަދަކުން ޖޫރިމަނާކޮށް 5 ދުވަހުގެތެރޭގައި ފައިސާ ދައްކަން އަންގައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އެއް އެޕާޓްމަންޓަކަށް ބަދަލު ކޮށްފައިވާތީ ކޮންމެ އެޕާޓްމެންޓެއް އެއް ލައްކަ ރުފިޔާއިން (ޖުމްލަ ދެލައްކަ ރުފިޔާ) ޖޫރިމަނާ ކޮށްފިއެވެ.

Ads by MWSC

އާބަންކޯ މިއަދު ބުނީ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާކަމުގެ ރިޕޯޓު އެ ކުންފުންޏަށް ލިބުމާ ގުޅިގެން އެމައްސަލަ ބެލުމުން އެގޮތަށް އަމަލުކޮށްފައިވަނީ ކޮން ދެ އެޕާޓްމަންޓެއްގައި ކަން ހޯދިފައިވާ ކަމަށެވެ. މި އެޕާޓްމަންޓުގެ އިންޓީރިއަރ ހެދުމުގެ މަސައްކަތް ކުރި އިރު، އަރބަންކޯއިން ހަދާފައިވާ އުސޫލުތަކާާ ހިލާފަށް، ދެފަރާތުން ވަނީ ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލައި، ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމަށް އަރބަންކޯއިން މައުލޫމާތު ދިނެވެ.

"މި މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާޓްމަންޓެއް، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައި،" އާބަންކޯ އިން ބުނެފައިވެ އެވެ.

ހިޔާ ފްލެޓްތައް ހަވާލުކުރިއިރު އާބަންކޯ އިން ވަނީ އެއްވެސް އެޕާޓްމަންޓެއްގެ އިންޓީރިއާ އަށް ބަދަލު ގެންނަ ނަމަ އާބަންކޯގެ ހުއްދަ ނެގުމަށް އަންގާފަ އެވެ. އަދި އެ އެންގުމާ ހިލާފަށް އަމަލުކުރާ މީހުން ޖޫރިމަނާކުރާނެ ކަމަށްވެސް ކުރިން ބުނެފައިވެ އެވެ.

މީގެކުރިން  އާބަންކޯ އިން އާންމުކުރި ފްލެޓުތަކުގެ މަސައްކަތް ކުރުމުގެ އުސޫލުގައި ބުނާ ގޮތުން، ފުލެޓްގެ ފާރެއް ތަޅާލުމަށް ފަހު ކޮޓަރި ވަކިކޮށް ނުވަތަ ގުޅުވުމަކީ ކަނޑައެޅިގެން މަނާކަމެކެވެ.

Ads by Ooredoo
  1. އައްޔަ

    ޖޫރިމަނާގެ ފައިސާދެއްކީމަ މިހާރުހުރިގޮތަށް ކުރިޔަށްގެދިއުމުގެ ހުއްދަ ލިބޭނެ ދޯ.

  2. ޢެތަންް މިހާރުު ހުރީީ ކުރިންް ހުރިގޮތަށްް އިޢާދަަ ކޮށްފަތ؟ ހަމަަ އެކަނި ޖުރުމާނާާ ކުރާނަމަަ މިގޮތަށްް މިކަންް ކުރަންް ބޭނުން ކިތަންމެެ ބަޔަކުު އުޅޭނެެ. ޙަތަރުު ކޮޓަރިި ކުއްޔަށްދީގެންް ދެލައްކަ ރުފިޔާާ ހޯދުމަކީީ މާބޮޑުކަމެއްް ނޫން

  3. ހިޔާ ރައްޔިތެއް

    ތީ ގުޅިގެން ކޮއްފަ ހުންނަ ކަންތައް…. ހަދަމުން ދިޔައިރު ބައެއް މީހުން ފާރެއްގަ ގްރައިންޑަރެއް ޖެއްސިޔަސް ހުއްޓުވާ 10،000 ރުފިޔާ އިން ޖޫރިމަނާ ކޮއްފަ އެބަހުރި. 200000 ރފ ދީގެން 4 ޚޮޓަރީގެ ބޮޑު އެޕާޓްމަންޓެއް ދިނުން. ތި މެދު ފާރަކީ ތޮރުފުން މަނާ ޢޭ ބުނެފަ އިންނަ ފާރެއް. ދެން ތަޅާލީމަ އިމާރާ ތައް ގެއްލުން ނުވޭތަ. ވަގުތުން ފާރު ލާން އަންގަން ޖެހޭނެ ޖޫރިމަނާ ޔާ އެއްކޮށް. ޢަދި ދެތަން ލިބިފަ ވަނީ ކިހާ ގާތް ކަމެއްގެ ދެމީހުން ތޯ ބަލަން ޖެހޭ. ދެމަފރިންނައް ތޯ…..

  4. އެމްޑީޕީ ސަރުކާރުންވެސް ކުރިން އުޅުނީ ތަން ކުޑައޭ ކިޔާފަ ދެގޮޅި އެއްކޮށްލާފަ ބޮޑުކޮށްފަދޭން ފައިސާ ނެތިގެން އެގޮތަށް ނުވީ، ގުރައުންޑުގައި އެތަކެއް ފިހާރަތަކާއި ކުލިނިކް ތަންތަނާއި އެނުންވެސް ތަންތަން އެހުރީ މެދުފާރު ތަޅާފަ އެއްކޮށްފައި، އާދައިގެ ރައްޔިތުމީހާ ދެގޮޅި އެއްކުރީމާ މާބިޑުކޮށްލައިގެން މިއުޅެނީ، މަވެސް ދެގިޅި ލިބިއްޖެއްޔާ އެއްކުރާނަން !

  5. ާއައިޝާ

    ޢެތަން އަތުނުލެވެންޔާ.. ސަޅި ތިހެން އުޅެންވީ. ދެންފެންނާނީ ޖެހިގެން އިން ފްލެޓް ވިއްކާ ގެން އުޅޭ ހަބަރު ހައްހައްހާަ