Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދިއްދޫ ބައި އިލެކްޝަނުގެ ވޯޓުލުން ފަށައިފި

ދިއްދޫ ބައި އިލެކްޝަނުގެ ވޯޓުލުން ފަށައިފި

ހއ. ދިއްދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

މި ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 08:00 ގައި ފެށިއިރު، ހަވީރު 04:00 ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއްވައެވެ.

ދިއްދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލެއްވީ، ދެ ކެންޑިޑޭޓެކެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރައްވާ ރަޝީދާ އާދަމް، މޫނިމާގެ، އދ.ދިއްދޫ އަދި އެމްއެންޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނީސް މުޙައްމަދު، މިޒަމާން، އދ.ދިއްދޫއެވެ.

Advertisement
HDC — Sidebar (box)

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވަނީ 147 މީހުންނަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް