ޚަބަރު

ޗާގޯސް މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހަޅަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖެ އާއި މޮރިޝަސްއާއި ދެމެދު އޮންނަ ކަނޑުގެ އިމުގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ފޮނުއްވި ސިޓީ ބާތިލު ކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް ނިންމެވި ނިންމެވުން ފަޑިޔާރުންގެ މަޖިލީހަށް އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިމައްސަލަ ހުށަހެޅުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by MWSC

އުމަރާއި އޭނާގެ ޓީމުން ސްޕްރީމް ކޯޓަށް ހުށަހެޅީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު ކަނޑުގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ޞާލިޙު ފޮނުއްވި ސިޓީ ބާތިލު ކުރުމަށެވެ.

ޗާގޯޯސް މައްސަލައިގައި ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު ކުއްލިއަކަށް ބަދަލުކޮށް، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން ފަނޑިޔާރު އިއްވެވި ހުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށް، މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވާ ފަރާތްތަކުން ފާހަގަކުރައްވައެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލަ ބައްލަވައި މިދިޔަ ހުކުރު ދުވަހު އިއްވި ހުކުމްގައި ނިންމާފައި ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމުލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަ ކިލޯމީޓަރެވެ.

ރައީސްގެ ސިޓީއާ ގުޅިގެން، އުމަރާއި އިތުރު ދެ ބޭފުޅަކު ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވައިފައެވެ.

މިކަމާ ގުޅިގެން، އުމަރު ވިދާޅުވީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނު ނަންބަރު: 6/96 "ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނު" އަދި ރާއްޖެެ ސޮއިކޮށްފައިވާ "އިންޓަނޭޝަނަލް ލޯ އޮފް ދަ ސީ" މުޢަހަދާ އާއި، އަދި ރައްޔިތުންގެ މަޖްލިސްގެ ލަފައެއްވެސް ހޯދުމަކާއިނުލައި، ޣައިރު ދުސްތޫރީ ގޮތަކަށް ދިވެހި ރައްޔިތުންގެ އާންމު މަސްލަހަތު އިންތިހާއަށް އޮތްކަމެއްގައި، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު މޮރިޝަސް އަށް ދޫކޮށްލި މައްސަލައާއި ގުޅިގެން އޭނާއާއި، އަދި ބައިވެރިން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިން މިނިންމުން، ފަޑިޔާރުންގެ މަޖްލީހަށް އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު މަސައްކަތްތައް ކުރަމުންދާ ގޮތުން މިފެށޭ ހަފްތާގައި އަލުން މައްސަލަ ހުށަހެޅޭނެކަމަށެވެ.

 

 

Ads by Allied Insurance
  1. ނާޅި

    ތާރީހުން އެގޭ ގޮތުގައި ފޯޅަވަހި އަތޮޅުތަކާއި ރައްތަކަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ބަޔެއް ، އެތަން ހޯދާ ދިވެހި ދައުލަތުގެ ސިޔާދަތުގެ ތެރެއަށް ވެއްދުމަކީ ދިވެހި އަސްކަރިއްޔާގެ މައްޗަށް ޝަރުޢީ ގޮތުންނާއި ޤާނޫނީގޮތުން ލާޒިމްވާ ބޮޑު ވާޖިބެއް !
    قال تعالى ((يَا أَيُّهَا الَّذِينَ آمَنُوا قَاتِلُوا الَّذِينَ يَلُونَكُم مِّنَ الْكُفَّارِ وَلْيَجِدُوا فِيكُمْ غِلْظَةً ۚ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ)) التوبة (123)