ޚަބަރު

އާޒިމަށް ފިޔަވަޅު އެޅުމުން ސާފުވީ އެމްޑީޕީއަކީ ޒައީމްވަންތަ ޕާޓީއެއްކަން: ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ފިޔަވަޅު އެޅުމުން ސާފުވެގެންދިޔައީ އެމްޑީޕީއަކީ، ޒައީމްވަންތަ ޕާޓީއެއްކަންކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރިމައްސަލައިގައި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެ ޕާޓީން ވަކި ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

އޭނާއަށް ފިޔަވަޅު އަޅަން ހުށަހެޅީ ޗާގޮސް މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިތުބާރު ނެތް ކަމުގެ ވޯޓުތަކުގެ ތެރެއިން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މައްސަލާގައި ސޮއި ކުރެއްވުމާއި އިދިކޮޅު މުޒާހަރާއާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުންނެވެ.

މިކަމާއި ގުޅިގެން ޖަމީލް ވިދާޅުވީ އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު ވަކިކުރުމުން ސާފުވީ އެމްޑީޕީއަކީ މިއަދު ސީދާ ޒަޢީމްވަންތަ ޕާޓީއެއްކަން ކަމަށެވެ. އަދި އެޕާޓީގެ ރިޔާސީ ވަޢުދު ޕާޓީގެ އަސާސީ ގަވާއިދުގެ 19 މާއްދާއާ ޚިލާފުތޯ ޖަމީލް ވަނީ ސުވާލުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!