ޚަބަރު ސިޔާސީ

އިތުބާރުނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ރިއްފަތަށް 30 މިނެޓު!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް 30 މިނެޓްގެ ވަގުތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.

Ads by STELCO

އާންމު ކޮމިޓީގެ ބައްދަލުވުމުގައި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް ހުށަހެޅުއްވީ އިތުބާރު ނެތް މައްސަލަތަކުގައި މީގެ ކުރިން ވެސް އަމަލު ކުރާ ގޮތަށް މިނިސްޓަރަށް ޖަވާބުދާރީވާން 30 މިނެޓުގެ ވަގުތެއް ދިނުމަށެވެ. މިހުށަހެޅުމަށް ތާއީދު ކުރެއްވީ އިއްޔެ އެމްޑީޕީން ވަކިވެވަޑައިގެންނެވި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ އާންމު ކޮމިޓީން ނިންމަންޖެހޭ ބައެއް ނިންމުންތައް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިގޮތުން ރިފްއަތު ޖަވާބުދާރިވުމަށް ވަގުތު ދިނުމަށް ނިންމާފައިވަނީ ބަހުސް ފެށުމުގެ ގޮތުން 10 މިނިޓާއި މެދު ތެރެއިން 10 މިނިޓާއި ބަހުސް ނިންމާލުމުގެ ގޮތުން ފަހު ބަހެއްގެ ގޮތުގައި ވާހަކަ ދެއްކެވުމަށް 10 މިނިޓެވެ. ދެ ގަޑިއިރުގެ މި ބަހުސްގައި މެންބަރުން ވާހަކަދައްކަވަން ލިބޭނީ ދޮޅުގަޑިއިރެވެ.

ރާއްޖެއާ މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުން ފުށު އަރާ ބައިގެ އިން ވަކި ކުރި މައްސަލައިގައި އުފެއްދި "ކަނޑު ވިއްކުމާ ދެކޮޅު ކޯލިޝަން"އިން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ  ރިފްއަތާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ ޗާގޯޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ވިއްކާލާފައިވާ ކަމުގެ ތުހުމަތާއިއެކުގައި ކަމަށެވެ.

ނަޝީދު ވިދާޅުވީ، ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި 13 މެމްބަރަކު ސޮއިކުރައްވާފައިވާ ކަމަށެވެ. ނަމަވެސް، މައްސަލަ ވެއްދި ދުވަހު އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ، އެ މައްސަލާގައި 15 މެމްބަރަކު ސޮއިކުރައްވާފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!