ދުނިޔެ

އިމްރާން ޚާންގެ ގެ ބަލާ ފާސްކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ލާހޯރު ސިޓީގައި ނުތަނަވަސްކަން އުފެދިފައި މިވަނީ މިދިޔަ ހަފުތާގައި ސަރުކާރާއި އަސްކަރީ މަރުކަޒުތަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ ގޮތުން ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ގެ "ބަލާ ފާސްކުރުމުގެ އެސްއޯޕީތައް" ފައިނަލް ކުރުމަށް ސަރުކާރުގެ ވަފުދެއް އައި ހިސާބުންނެވެ.

Ads by Sosun Fihaara

ޕަންޖާބު ޕްރޮވިންސްގެ އިންފޮމޭޝަން މިނިސްޓަރު އާމިރު މީރު ހުކުރު ދުވަހު އަލްޖަޒީރާއަށް ވިދާޅުވީ ޕްރޮވިންސްގެ ވެރިރަށް ލާހޯރުގެ ޒަމާން ޕާކް ސަރަހައްދުގައި ހުންނަ އިމްރާން ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމުގެ އަމުރެއް ފުލުހުންނަށް ނެރެފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ނިއުސް އައުޓްލެޓް dawn.com ރިޕޯޓްކޮށްފައިވާ ގޮތުގައި ޕަންޖާބު ސަރުކާރުގެ ހަތަރު މެމްބަރުންގެ ވަފުދެއް އިމްރާންގެ ގެކޮޅަށް ގޮސްފައިވަނީ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި ސަރުކާރުގެ އޮފިޝަލުންނާއި ފުލުހުން އެ ގެއަށް ވަންނަނީ އެތައް ކެމެރާތަކެއް ފުރަގަހުގައި ހިފައިގެންނެވެ.

މީރު ފަހުން ވިދާޅުވީ އެ ޓީމު ފޮނުވީ "ގެ ބަލައި ފާސްކުރުމުގެ އެސްއޯޕީތައް ފައިނަލް ކުރަން" ކަމަށެވެ.

މިދިޔަ ބުދަ ދުވަހު މީރު ވަނީ އިމްރާނަށް 24 ގަޑިއިރުގެ މުހުލަތެއް ދީފަ އެވެ. ހުކުރު ދުވަހު ރޮއިޓާސް ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އެތައް ސަތޭކަ ފުލުހަކު ބަލައި ފާސްކުރާނެ ކަމަށެވެ.

"އެތަނުގައި ގާތްގަނޑަކަށް 40 ވަރަކަށް ޓެރަރިސްޓުން ފޮރުވިފައި ތިބި ކަމުގެ މައުލޫމާތު އެބަ ލިބޭ، އެހެންވީމަ އަޅުގަނޑަށް ހީވަނީ އެ ގެ ބަލައި ފާސްކުރަން ގާތްގަނޑަކަށް 400 އެއްހާ ފުލުހުން ބޭނުންވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޕްރޮވިންސްގެ އޮފިޝަލް ވަނީ ބަލައި ފާސްކުރުމުގެ އޮޕަރޭޝަނުގައި އިމްރާން އަލުން ކައިވެނި ކުރަން ސަރުކާރުން ރާވާފައިވާ ކަމަށް ވެސް ބުނެފަ އެވެ. އިމްރާން ހައްޔަރު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީ އާއި އެ ޕާޓީގެ ސަޕޯޓަރުންނާ ދެކޮޅަށް ހިންގަމުން ދަނީ "ހީވެސް ނުކުރާ ވަރުގެ ހަރުކަށި ފިޔަވަޅުތަކެއް" ޓެރަރިޒަމްގެ ވެރިކަމެއްގެ ދަށުން ކަމަށެވެ.

Ads by Allied Insurance
  1. އީލާމު

    އިމްރާން އަލުން ކައިވެނި ކުރަނިއްޔޭ!!!! އެއްޗެއް ލިޔެވެނިކޮށް ވަރިހަމަ!! ހަމައެއް ލަމައެއް ނެތް! ލިޔާ އެއްޗެއް ލިޔެވުނީ ރަނގަޅަށްތޯ ބަލާ ޗެކްކުރުމެއްނެތް!!! އެތައްބަޔަކު ކިޔާނެކަން އެނގޭ!! މުސާރަކޮޅު ލިބޭނެކަން އެނގޭވިއްޔަ އޯކޭނު އައުގުރާނަވެސް ލިޔެވެނިކޮށް…