Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އައްޑޫގައި ރޭ އަލިފާނުގެ ހާދިސާ ހިނގި ގޭގެ މީހުން ވަގުތީ ހިޔަލަށް!

އައްޑޫގައި ރޭ އަލިފާނުގެ ހާދިސާ ހިނގި  ގޭގެ މީހުން ވަގުތީ ހިޔަލަށް!

އައްޑޫ ސިޓީ ހިތަދޫގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގޭގައި ދިރިއުޅެމުން ދިޔަ މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

ސ.ހިތަދޫ މާކޯޅިގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި އެގެއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެގޭގައި ދިރިއުޅުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން އެންޑީއެމްއޭ އިން ގެންދަނީ ކުރަމުންނެވެ.

ރޭ ދަންވަރު ގަޑިއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މާކޯޅިގެ ވަނީ ވަރަށް ބޮޑަށް އަނދައި ބޭނުން ނުކުރެވޭ ވަރު ވެފައެވެ. އެގޮތުން މީހުން އުޅެމުން ދިޔަ ދެ ކޮޓަރި ބޭނުން ނުހިފޭ ވަރު ވެފައިވާއިރު، ގޭގައި ހިފާ ގެންގުޅޭ ތަކެއްޗަށްވެސް ވަރަށް ބޮޑަށް ވަނީ ގެއްލުން ވެފައެވެ. މި ހާދިސާއާއި ގުޅިގެން، ދުމުގެ އަސަރުކޮށްގެން 3 ކުދިންނާއި މަންމައަކަށް ހޮސްޕިޓަލުން ވަނީ ފަރުވާ ދީފައެވެ. ހާދިސާ ހިނގި ވަގުތު 3 ކުޑަކުދިންނާއި އެކު 6 މަދުވެގެން 6 އައިލާ މެންބަރުން ތިބިކަމަށް ވަނީ މަޢުލޫމާތު ލިިބިފައެވެ.

Advertisement
Allied Insurance — Square (box)

މިހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި އެނގިފައި ނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް