ސާޅީސް ޕާޓީ ހެދިޔަސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ދިވެހިންގެ ވެރިއަކަށް ހޮވޭނެ ގޮތެއް ނެތްކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަދި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި "ފިކުރެއްގެ ދިރުން" އަށް ސަޕޯޓްކުރައްވާ ފަރާތްތަކުން ޕާޓީއެއް އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައިވާ މިދަނޑިވަޅުގައި މޫކޭ ވިދާޅުވީ ރައީސް ނަޝީދަށް ކުރީގެ ރައީސް ޑރ. ވަހީދަށް ވީ ވަރުވެސް ނުވާނެކަމަށެވެ.
"ބޮޑާ ހާކާފަ ޓިކެޓް ލިބެންދެން ޕާޓީ ހަދަން ވާނެ. ސާޅީސް ޕާޓީ ހެދިޔަސް އަންނި ދިވެހިންގެ ވެރިއަކަށް ހޮވޭނެ ގޮތެއް ނެތް. ހީވާ ގޮތުން ވަހީދަށް ވީ ވަރުވެސް ނުވާނެ" މޫކޭ ވިދާޅުވިއެވެ.
"ދަ ޑިމޮކްރެޓްސް" އުފައްދަނީ، ސިޔާސީ ގޮތުން ވަރަށް ތަޖުރިބާ ވެސް ލިބިފައިވާ ބައެއްކަމަށް އެޕާޓީ އުފެއްދުމުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި “ދަ ޑިމޮކްރެޓްސް”އިން ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޚަސަން ލަތީފުވަނީ ވިދާޅުވެފައެވެ.
ތިޔައީ ވެރިކަމާހެދި ހޭބަލިވެފައި ހުރި މީހެއް މަދު ބަޔަކު އެގޮތަށް އެދެނީ…..މިގައުމަށް ބަރުލަމާނީ ބޭނުމެއްނުވޭ.
ސާޅީސް ކީއްކުރަން އިނގިރޭސިވިލާތާ ހުޅަނގުގެ ދޮން ކާފަރުންތަށް އެއްކޮށްލިޔަސް ލާހިކެއްނޫން މި ޤައުމުގެ ވެރިޔަކަށް ތިމީހާ ހޮވާކަށް ﷲ އިރާދަކުރެއްވިއްޔާ! ޔާ ﷲ މި ނުބައި މީހާގެ ކިބައިން މިޤައުމު ސަލާމަތް ކޮށްދެއްވާ އޭނާއަށް ހިދާޔަތުގެ ތެދު މަގު ދައްކަވާށި! އާމީން.
ކަލަކު ވޮޑިގެންވާކަން ގަބޫލު ކުރާހެން ހީވަނީވެސް ވެރިކަން ބޭނުންވީމަ . މިސްކިތުގެ ހަރުފަތެއްގަ ޖެހި ވެއްޓުނަސް ވެއްޓެނީ ބޭރަށް. ދެންބުނާނަ އަޅުކަން ކުރަނީ ދައްކާކަށް ނޫނޭ.
ކަލޭ ތަ އެކަން ދެއްވަނީ؟ބރނޗާ