Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނިޒާމް ބަދަލުކުރަން ބޭނުންވާ ފަރާތްތައް އެހެން ޕާޓީތަކުގައިވެސް އެބަތިބި: އަފްޝަން

ނިޒާމް ބަދަލުކުރަން ބޭނުންވާ ފަރާތްތައް އެހެން ޕާޓީތަކުގައިވެސް އެބަތިބި: އަފްޝަން

ވެރިކަމުގެ ނިޒާމް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެހެންޕާޓީތަކުގައި ވެސް އެބަ ތިބިކަމަށް ދަ ޑިމޮކްރެޓްސްގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފު ވިދާޅުވެއްޖެއެވެ.

އަލަށް އުފައްދަން މަސައްކަތް ކުރަމުން އަންނަ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި އަފްޝަން ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތަކީ ވަކި މަސައްކަތެއްކަމަށެވެ. އަދި އެމަސައްކަތަކީ ޕާޓީތަކާއި އެކު ކުރަމުން އަންނަ މަޝްވަރާތަކާއި ހެދިފައިވާ އެއްބަސްވުންތަކުގެ "ޑީލް ބްރޭކާ" އެއް ނޫންކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ބަރުލަމާނީ ނިޒާމެއްގައި ހަމަ ޖޭޕީގެ ތެރެއިންވެސް ތާއިދުކުރައްވާ ބޭފުޅުން އެބަތިބި ޕީޕީއެމް ތެރޭގައިވެސް ތާއިދުކުރާ ބޭފުޅުން އެބަތިބި އެނިޒާމަށް ހަމަ އެކްޓިވްލީ ލޮގިންކުރައްވާނެކަމަށް ވިދާޅުވާ ބޭފުޅުންވެސް އެހެން ޕާޓީތަކުގަވެސް ހަމަ އިސްސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން އެބަތިއްބެވި އެހެންވީމަ އެބޭފުޅުންނާއެކީގައި އަޅުގަނޑުމެންނަށް ހަމަ ވަކި މަސައްކަތެއްގެ ގޮތުގައި އެމަސައްކަތް ކުރެވޭނެކަމަށް އަޅުގަނޑަށް ހަމަ ގަބޫލުކުރެވޭ." އަފްޝަން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ގިނަ ދިވެހި ރައްޔިތުން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރޭވެސް ވިދާޅުވެފައެވެ. މިގޮތުން ހއ.ދިއްދޫގައި ރޭ ބޭއްވި ތިލައުތުރު އެވޯޑު ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ  ދިވެހި ރައްޔިތުން މިއަދު "ފެޑެރަލް" ނިޒާމަކަށް ބަދަލުވާާން ނުވިސްނައިފިނަމަ، ވަރަށް ހިތާމަވެރި މަންޒަރެއް ފެނިގެން ހިނގައިދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް