ކޮވިޑް-19 ކޭސްތައް ދަށަށް ދާާން ފަށައިފި

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ދާން ފަށައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
އެ އެޖެންސީން ވިދާޅުވި ގޮތުގައި، މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވީ 36 މީހުންނެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 18 މީހުންނަކީ މާލެ ސަރަހައްދުން އެ ބަލި ޖެހުނު މީހުންނެވެ. އަދި އަތޮޅުތެރެއިން ޕޮޒިޓިވްވި 11 މީހެއްގެ އިތުރުން ރިސޯޓުތަކުން ހަތް މީހަކު ޕޮޒޮޓިވް ވެފައިވެއެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ނުވަ މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
ކޮވިޑް-19 އަށް މުޅި ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ހުރީ 186،625 ގައެވެ. އެ ބަލީގައި މިހައިތަނަށް 315 މީހަކު ނިޔާވެފައިވެއެވެ.