Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ގައްބަރޭގެ ބަންދަށް 30 ދުވަސް ޖަހައިފި

ގައްބަރޭގެ ބަންދަށް 30 ދުވަސް ޖަހައިފި

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހޯދަމުން އަންނަ  ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) ގެ ބަންދަށް  30 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ގައްބަރޭގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ މިއަދު ކްރިމިނަލް ކޯޓުން ކަމަށެވެ.

މާރާމާރީގެ މައްސަލައިގައި އޭނާ ހޯދުމަށް ފުލުހުން އިއުލާނުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement
Ooredoo — Truecaller (box)

މީހުން މެރުމާއި ގޭންގު ކުށުގެ ރެކޯޑް އޮންނަ ގައްބަރޭ ހޯދުމަށް ފުލުހުން އިއުލާނުކުރީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރަށް ދިން ހަމަލާއާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް