ނިލަންދޫ ދާއިރާާގެ މަަޖިލިސް މެންބަރު އެމްޑީޕީއަަށް ސޮއި ކުރައްވަައިފި

އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވި، ނިލަންދޫ ދާއިރާގެ މެމްބަރ އަބްދުލް މުހުސިން ވެރިކަން ކުރާ އެމްޑީޕީ އާއި ގުޅިއްޖެއެވެ.
އޭނާ އެމްޑީޕީއަށް ސޮއި ކުރެއްވީ ރައީސް ޞާލިޙް މިއަދު ފ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގަައި، ނިލަންދުއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ އެމްޑީޕީ މެމްބަރުންގެ އަދަދަކީ 56 އެވެ. އެމްޑީޕީ މެމްބަރުންގެ އަދަދު 67 އިން 55އަށް ދަށްވެފައިވަނީ، އައު ޕާޓީއެއް އުފެއްދުމަށް އެޕާޓީން 12 މެމްބަރުން ވަކި ވުމާއި ގުޅިގެންނެވެ.
މިއަދު އެމްޑީޕީއާ ގުޅިވަޑައިގަަތް މުހުސިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްގެ މަގާމުން އީވާ އަބްދުﷲ ވަކި ކުރުމަށް މަޖްލިސްއަށް ހުށަހެޅުއްވި ޕެޓިޝަނުގައި ސޮއި ކުރައްވާފައެވެ.
މުހުސިން ވަނީ އޭނާއާއެކު އެމްޑީޕީއަށް އަލަށް ވަނުމަށް 60އަށްވުރެ ގިނަ ފޯމް ހުށަހަޅާފައެވެ.