ޚަބަރު ސަރުކާރު

މަގޫދޫގެ ފެނާ ނަރުދަމާގެ ޚިދުމަތް އިފްތިތާޙު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މަގޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްފިއެވެ.

Ads by STELCO

މި ނިޒާމު އިފްތިތާޙު ކޮށްދެއްވީ މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަގޫދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުއެވެ.

މަގޫދޫގައި ގާއިމު ކުރި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް“ އާއި އެއްގޮތަށް ޑީސެލިނޭޓެޑް ފެނާއި ވާރޭފެން އެއްކުރެވިގެން ފެނުގެ ޚިދުމަތް ދެވިގެން ދާނެ ނިޒާމެކެވެ.

މި ނިޒާމުގެ ދަށުން ދުވާލަކަށް 35 ޓަނުގެ ފެން އުފައްދާ ދެ އާރުއޯ ޕްލާންޓާއި ފެން ރައްކާ ކުރުމަށް 230 ކިއުބިކް މީޓަރުގެ 2 ޓޭންކު ވަނީ ބަހައްޓައިފައެވެ. އަދި ނަރުދަމާ ނިޒާމުގެ ދަށުން ދެ ޕަންޕިންގ ސްޓޭޝަނާއި 4.2 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.

މަގޫދޫ ފެނާއި ނަރުދަމާގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ސަރުކާރުން ހަވާލު ކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 31,496,840.00 ރުފިޔާއަށެވެ.

Ads by Allied Insurance
  1. ދެއަރވޯލްޑް

    ކެނެރީގެ ނަޝީދު ދޫކޮށް ދޮންބިލެތް ދިއުން އެއީ އެއްވެސް ހާލެއްގައި ދަ ޑިމޮކްރެޓުން ނަމުގައި އެއުފައްދާ ސިޔާސީ ޕާރޓީ އަށް ހީނަރުކަން އަންނާނެ ކަމެއް ނޫނޭ ސަބަބަކީ މިރާއްޖޭގެ ސިޔާސީ މައިދާނުގައި ހުރި މައިކަލް ޖެކްސަން އަކީ އެއީ ކެނެެރީގެ ނަޝީދޭ ތިޔާ ގޮތަށް 2001 ވަނަ އަހަރު ހޮލީވުޑް ގޮސިޕް ބުންނޭ މައިކަލްގެ 30 ފާހަގަ ކުރަން ބޭއްވި ޝޯވް އަށް ތަރްހީބު ނުލިބޭނެއޭ އެހެން ނޫނޭވީ މުޅިދުނިޔެ ޖަމާވިއޭ ނިއުޔޯރކަށް މީ ޖެނުއިން ފިގަރސް ތައް ދެކެވާ ލޯތްބޭ