Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެއްޖެ

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެއްޖެ

ފުވައްމުލަކު ސިޓީގައި ދެ ސައިކަލެއް ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި ދެ ޒުވާނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ފުވައްމުލަކުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 11:25 ހާއިރު ކަމަށެވެ.

އެކްސިޑެންޓްގައި 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކަށް އަނިޔާވެފައިވާއިރު، ދެ މީހުންނަށް ވެސް ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލުގައެވެ. އަދި އިތުރު ފަރުވާއަށް މިއަދު ހެނދުނު ވަނީ އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްފައެވެ.

Advertisement
Allied — Dhen Online (box)

މި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް