ޖަމިއްޔަތުލް ބުންޔާންގެ "ނަމާދު ކުރަން ޖެހެނީ ކީއްވެ؟" ފޮތް ނެރެފި

ޖަމިއްޔަތުލް ބުންޔާންއިން ތައްޔާރު ކުރި ފޮތް "ނަމާދުކުރަން ޖެހެނީ ކީއްވެ؟" ނެރެފިއެވެ.
މިފޮތް ނެރެ ދެއްވީ އައްޝައިހް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ. މިފޮތް ނެދެއްވުމަށް ފަހު ޝެއިޚް ޢަލީ ޒާހިރު ވިދާޅުވީ، މިއީ ވަރަށް ބޭނުންތެރި ފޮތެއްކަމަށާއި މުހިންމު މަޢުލޫމާތު ތަކެއް ހިމެނިފައިވާ ފޮތެއްކަމަށެވެ.
"އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ވަރަށް ފައިދާ ހުރި ވަރަށް ބޭނުންތެރި މައުލޫއެއް ހަގީގަތުގައި ނަމާދުގެ މުހިންމު ކަމާއި ނަމާދު ކުރަނީ ކީއްވެގެން ކަމާއި ނަމާދު ކުރުމުގައި ހުރީ ކޮން ފައިދާތަކެއް ކަން ހަޤީޤަތުގައި މިފޮތުގެ އަލީގައި އަޅުގަނޑުމެންގެ ލޮބުވެތި އަހުންނާއި އުޚްތުންނަށް އެނގިގެން ދާނެ" ޝެއިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.
ޝެއިޚް ޢަލީ އިތުރަށް ވިދާޅުވީ ހެދިބޮޑުވަމުން އަންނަ ޖީލަށް ނަމާދަށް ލޯބިޖެއްސުމަށްޓަކައި މިފޮތަކީ ވަރަށް ބޭނުންތެރި ފޮތެއްކަމަށެވެ.
ޖަމިއްޔަތުލް ބުންޔާންގެ މިފޮތުގެ އަގަކީ 100 ރުފިޔާ ނަމަވެސް މިހާރު ކުރިއަށްދާ ޕްރޮމޯޝަނުގައި މިފޮތް 85 ރުފިޔާއަށް ލިބޭނެކަމަށް އެޖަމިއްޔާއިން މަޢުލޫމާތު ދެއްވައެވެ.







ކޮމެންޓް