ޚަބަރު ސިޔާސީ

ރައީސް ޞާލިހަކީ ދީނީ އިލްމުވެރިންގެ އަޑު އައްސަވާ ބޭފުޅެއް: ޑރ.އިޔާޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ އަބަދުވެސް ދީނީ އިލްމުވެރިންގެ އަޑު އައްސަވާ ބޭފުޅެއް ކަމުގައި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިޔާޒު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ރައީސް ޞާލިހާއި މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެ ޕާޓީން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދުގެ ބައްދަލުވުމުގައި އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ރައީސްގެ ސަމާލުކަމަށް ގެންނަން ބޭނުންފުޅުވާ ކަންކަމާމެދު ވަނީ މަޝްވަރާކުރައްވައިފައެވެ.

ބައްދަލުވުމުގެ ފޮޓޯތައް ހިއްސާކުރައްވަމުން އިޔާޒް ވިދާޅުވީ ރައީސް ޞާލިޙަކީ ސިޔާސީ ވިސްނުމާއި ފިކުރު ދިމާވިޔަސް، ނުވިޔަސް ދީނީ ޢިލްމުވެރިންގެ އަޑު އައްސަވާ ބޭފުޅެއް ކަމަށެވެ.

ޢަދާލަތުު ޕާޓީން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމާފައެވެ. މިހާތަނަށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމީ އަދާލަތު ޕާޓީ އާއި އެމްޑީއޭ އިންނެވެ.

Ads by Allied Insurance
  1. ޙައްވަ

    ލައްބަ. އެކަން އެނގޭތާ މިސްކިތްތަކަށް ގުއިލީ މީހުންނާ، އެއްޖިންސުން ގުޅުން ހިންގި މީހުން، މަސްުތުވާ ތަކެތީގެ ބޮޑުން ދޫކޮށްލާފައި ތިބެނީ !!!

  2. އަބްދޫ

    ދީނީ އިލްމުވެރިން ވިދާޅުވެގެންތޯ ދަވްލަތުގެ ފައިސާ ނަހަމގޮތުގަ ބޭނުންކުރައްވަާ ކަމަށް ތުހުމަތު ކުރެވޭ ގޮތަށް ހަރަދުކުރައްވަނީ

  3. އެބޭފުޅާ އަޑު އައްސަވަނީ ނޭފަތުން !