Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މިރޭގެ އެއްވުމުގައި ޤާނޫނާ ޚިލާފު އަމަލުތައް ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވޭ: ފުލުހުން

މިރޭގެ އެއްވުމުގައި ޤާނޫނާ ޚިލާފު އަމަލުތައް ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވޭ: ފުލުހުން

ފޯޅަވެހި އިމުގެ މައްސަލައިގައި މިރޭ އިދިކޮޅުން ބާއްވާ ޖަލްސާގައި ގާނޫނާ ހިލާފު އަމަލު ކުރަން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުކުރަން ފުލުހުން އިންޒާރު ދީފިއެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިރޭ ކުރިއަށް ގެންދިޔުމަށް ތައްުޔާރުވަމުން ދާ ހަރަކާތުގައި ބައިވެރިވުމަށް އަތޮޅުތެރެއިން މީހުން އަންނަ ކަމާއި، މި ހަރަކާތުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ގާނޫނާއި ހިލާފު އަމަލުތައް ހިނގުމަށް ރާވަމުންދާ ކަމާ އަދި ބައެއް ފަރާތްތަކުން ގާނޫނާތަކުން ހިލާފު އަމަލުތައް ހިނގާނެކަމަށް ބުނަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބެމުން ދާކަމަށެވެ.

"މިހަރަކާތުގައި އާއްމު ސުލްހައަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރުމަށާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާން ކުރާ ހަމަތަކުގެ މަތިން ކުރިއަށް ގެންދިޔުމަށާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރަމެވެ" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މޮރިޝަސްގެ އިމުގެ މައްސަލައިިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު"އިން މިރޭ ރާވާފައިވާ މުޒާހަރާގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބައިވެރިވާއިރު ޖުމްހޫރީ ޕާޓީން ވަނީ މިހަރަކާތުގައި ބައިވެރި ނުވާން ނިންމާފައެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް