ޚަބަރު ސިޔާސީ

އިޓްލޮސްގެ ނިންމުން ބަލައިނުގަތުމުގެ ޙައްޤު ދިވެހި ސަރުކާރަށް އޮތް: އުމަރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޗާގޯސްއާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދާމެދު އިޓްލޮސްއިން ނިންމި ނިންމުން، ބަލައިނުގަތުމުގެ ޙައްޤު ދިވެހި ސަރުކާރަށް އޮތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by MWSC

"ބާނާ ބާނާ ތިއްބާ، ތިޔަ ވިއްކާލީ ކަނޑު" މި ނަމުގައި، މިރޭ ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން، އުމަރު ވިދާޅުވީ، މީގެ ކުރިންވެސް، އެތައް ސަރުކާރަކުން އިޓްލޮސްގެ ނިންމުން ބަލައިގަންނަން ދެކޮޅު ހެދުމުން، އެ ނިންމުންތަކަށް ޢަމަލު ކޮށްފައި ނުވާ ކަމަށެވެ. މި ސަރުކާރަށްވެސް އެގޮތަށް ކަންތައް ކުރެވުނީސް ކަމަށް، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވައިފައިވާ އުމަރު ވިދާޅުވިއެވެ.

"ކައިވެނި ކުރާއިރުވެސް، ރަން ގަބޫލު ކުރީމަ، ރަން ރަނަކަށް ވަނީ، އެހެން ނޫނީ ނުވާނެ ރަން ރަނަކަށެއް. އިޓްލޮސްގެ ނިންމުން، ނިންމުމަކަށް ވާނީ، ދިވެހި ސަރުކާރުން އެކަން ޤަބޫލު ކުރީމާ."

އުމަރު ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރަނީ އެހެން ޤައުމަކުންކަން، ޗާގޯސް މައްސަލައިން ސާފު ވެގެންދާ ކަމަށެވެ.

"މި ސަރުކާރު ފެށުނީީއްސުރެ އަޅުގަނޑުމެން ބުނަން، ޚާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރަނީ އެހެން ޤައުމަކުންނޭ." އިންޑިއާއަށް އިޝާރާާތް ކުރައްވައި، އުމަރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މީގެ ކުރީގެ އެއްވެެސް ސަރުކާރަކުން، ޗާގޯސް އަކީ މޮރިޝަސްގެ ތަނެއް ކަމަށް ޤަބޫލު ކޮށްފައި ނެތުމުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އަމިއްލަވަންތަކަން ހާމަވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!