Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ޞާލިޙް ވައުދު ފުއްދަވާ, އައްޑޫން މެޖޯރިޓީ ލިބޭނެ: ރޮޒައިނާ

ރައީސް ޞާލިޙް ވައުދު ފުއްދަވާ, އައްޑޫން މެޖޯރިޓީ ލިބޭނެ: ރޮޒައިނާ

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އައްޑޫ ސިޓީގެ މެޖޯރިޓީ ލިބޭނެ ކަމަށް މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙާއެކު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, ރޭ ފޭދޫގެ އެމްޑީޕީ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ދެއްކެވި ވާހަކަފުޅުގައި ރޮޒައިނާ ވިދާޅުވީ, ރައީސް ޞާލިޙަކީ ވެވަޑައިގަންނަވާ ވައުދު ފުއްދަވާ ބޭފުޅެއް ކަމަށާއި, އެކަން މިއަދު އައްޑޫގެ ރައްޔިތުންނަށް ޔަޤީންވާ ކަމަށެވެ.

އެ ސަބަބާހުރެ, އެމްޑީޕީގެ މީހުންނާއި, އެހެން ޕާޓީތަކުގެ މީހުންނާއި, ވަކި ޕާޓީއަކަށް ތާއީދު ނުކުރާ މީހުންނާއެކު ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބުގައި ތާއީދުކޮށް އައްޑޫގެ މެޖޯރިޓީ ލިބޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ރޮޒައިނާ އިތުރަށް ވިދާޅުވީ, އިއްޔެ އައްޑޫން ރައީސް ޞާލިޙަށް ކީ ހޫނު މަރުޙަބާއިން ދޭހަވެގެންދާ ކަމަށާއި, އެމަނިކުފާނަށް އޮތް ތާއީދު ކަމަށެވެ. އިއްޔެ މަރަދުއަށް ވަޑައިގަތުމުން ރައީސް ޞާލިހަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ނިކުމެފައެވެ. ރޮޒައިނާ ވިދާޅުވީ, އެއީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދުތައް ފުއްދެވުމުގެ ނަތީޖާ ކަމަށެވެ.

"މިހާރު އެންމެންނަށް ވެސް ގަބޫލު ކުރެވޭ ހަމަ ކޮށްދޭން ވެގެން ވިދާޅުވާ ވާހަކަފުޅު ކަން އެއީ ހަމަ، ހަމަ ހުރެފައި ވިދާޅުވާ ވާހަކަތަކެއް ނޫން ކަން." ރޮޒައިނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް