ޚަބަރު

ޓޫރިޒަމަށް 50އަހަރު ވީއިރު މުޅިރާއްޖެ އެއްކޮށް މިއުޅެނީ 2މިލިއަން ޓޫރިސްޓުން ހަމަނުވެގެން: ސައީދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މުހައްމަދު ސައީދު / ފޮޓޯ: ދެން އިމޭޖްސް

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުވީ އިރު މުޅިރާއްޖެ އެއްކޮށް މިއުޅެނީ 2 މިލިއަން ޓޫރިސްޓުން ހަމަނުވެގެން ކަމަށް ކުރީިގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސައީދު މިހެން ވިދާޅުވީ އައްޑޫސިޓީގައި ޓޫރިޒަމާއި ގުޅޭ ބިޔަ މަސްރޫއެއް އިފްތިތާހް ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

"ރާއްޖޭގެޓޫރިޒަމް އަށް 50 އަހަރު ވީއިރު މުޅިރާއްޖެ އެއްކޮށް މިއުޅެނީ 2 މިލިއަން ޓޫރިސްޓުން ހަމަނުވެގެން ހަނިމާދޫއަށް ނެގި ލޯނު އަދާކުރުމަށް މަދުވެގެން ހއ، ހދ، ށ، ގައި 40 ރިސޯޓު ހުޅުވަންޖެހޭނެ. އެކަމަށް އެކަނި 2.2 ބިލިއަން ޑޮލަރުގެ ލޯނު ބޭނުންވާނެ ރިސޯޓެއްނެތް، ހެދޭނެ ގޮތެއްނެތް؟" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އައްޑޫގައި 7000 އެނދު ތަރައްގީ ކުރުމަށް 1.5 މިލިއަން ރުފިޔާގެ ލޯނު ނަގައިފައިވާކަމަށެވެ. އަދި ހަނިމާދޫ ގައި 8000 އެނދު ތަރައްގީ ކުރުމަށް 1.3 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފައިވާކަމަށެވެ.

"ފަތުރުވެރިން ޖުމްލަ 15000 އެނދު 2.8މ ފަތުރުވެރިން. ޖުމްލަ 4 ބިލިއަން ރުފިޔާގެ ލޯނު. ލޯނު އަނބުރާ ދައްކަން ޖެހެނީ އިންޑިއާއަށް" ސައީދު ވިދާޅުވިއެވެ.

ސައީދު މިހެން ވިދާޅުވީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް މަރަދޫ ހިއްކި ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ކުރީގެ އެކި ސަރުކާރުތަކުން ވެސް ފޮނި އުއްމީދެއް ދައްކަމުން އައި ހަންކެޑެ ޕްރޮޖެކްޓަކީ ޖުމްލަ 2،782 އެނދު އިތުރުވާނެ މަޝްރޫއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނި ކޮށެވެ. އެ ޕްރޮޖެކްޓުގެ ތެރެއިން އައްޑޫގެ އެހެން ރަށްތަކުގައި 7،600 އެނދު އިތުރުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!