Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އާރަށް މައްސަލަ: ހުކުމް ބާތިލުކުރުމަށާއި އަދަބު ލުއިކޮށްދޭން ނައީމް އެދިއްޖެ

އާރަށް މައްސަލަ: ހުކުމް ބާތިލުކުރުމަށާއި އަދަބު ލުއިކޮށްދޭން ނައީމް އެދިއްޖެ

ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ރިޝްވަތު ދިންކަން ސާބިތުވި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމުގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކުރުމަށާއި އަދަބު ލުއިކޮށްދިނުމަށް ނައީމްގެ ފަރާތުން މިއަދު ހައި ކޯޓުގައި އެދިއްޖެއެވެ.

މިއަދު އޮތް އަޑުއެހުމުގައި ނައީމް ވަނީ ހަތަރު ނުކުތާއެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހެކި ވަޒަންކޮށް، މައްސަލައެއް ސާބިތުކުރާއިރު ބަލަނީ ހެކީގެ ފުރިހަމަ ކަމަށް ވުމުން އާ ހެކިތަކެެއް ބަަލައިގަންނަން ނިންމި ނިންމުން ބާތިލުކުރުމަށެވެ.

އަދި ކުށުގެ މައިގަނޑު އެއް ރުކުން ސާބިތު ނުވާއިރު، ކުށް ސާބިތު ނުވާނެ ކަމަށް ކަނޑައަޅައިދިނުމަށް، ހުކުމް ބާތިލުކޮށް ދަށު ކޯޓުން މައްސަލަ އަލުން ބެލުމަށް އެންގުމަށް، އަދި އަދަބު ލުއިކޮށްދިނުމާ ބެހޭ ގޮތުން ހައި ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށް؛ ވަކީލުން ފާހަގަކުރީ ނައީމަށް ޖަލު އަދަބު ފިޔަވައި އެހެން އަދަބެއް ކަނޑައަޅާފައި ނުވަނީ ގާނޫނާ ހިލާފަށް ކަމަށް ނައީމްގެ ފަރާތުން މިއަދު ހުށަހަޅާފައިވެއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން ނައީމްގެ ވަކީލުން ވަނީ ނައީމުގެ ފަރާތުން ރައީސް އޮފީހާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ ކަމަށާއި ޓޫރިޒަމްގެ ބޭނުމަށް ރަށެއް ކުއްޔަށް ދިނުމަކީ ރައީސްގެ ހައިިސިއްޔަތު އޮތް ކަމެއް ނޫން ކަން ހެކިތަކުން ފެންނަން އެބައޮތް ކަމަށް ވަކީލުން ފާހަގަކޮށްފައިވެއެވެ.

ނައީމް މިހާރު ގެންދަވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް